މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަންއިން ދެމުންގެންދާ ދިވެހި ޕާސްޕޯރޓްގެ ޚިދުމަތް ISO 9001:2015 ސެޓްފިކޭޝަން އަދި ކޮންސަލްޓޭޝަން ހެދުމަށާއި، 2023 އަދި 2024 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓެއް ހެދުމަށް
ޕްރޮޖެކްޓް ނަންބަރު: PC-942022W-09
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަންއިން ދެމުންގެންދާ ދިވެހި ޕާސްޕޯރޓްގެ ޚިދުމަތް ISO 9001:2015 ސެޓްފިކޭޝަން އަދި ކޮންސަލްޓޭޝަން ހެދުމަށާއި، 2023 އަދި 2024 ވަނަ އަހަރުގެ ސާވައިލަންސް އޮޑިޓެއް ހެދުމަށް ބޭނުންވެއެވެ.
- މިޕްރޮޖެކްޓަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ޖޫން 2022 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- ބީލަން ހުށައެޅުން އޮންނާނީ 21 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 14:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ އެއްކަރުދާސްކޮށް، ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން،
މޯލްޑިވްސް އިމިގްރޭޝަން،
ވެލާނާގެ ބިލްޑިންގް، 1 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330470, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
02 ޖޫން 2022
ހޯދާ