މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމު ގަބުރުސްތާން މަރާމާތުކުރުން

އިޢުލާން

 

 

ށ.ކަނޑިތީމު ގަބުރުސްތާން މަރާމާތުކުރުން

 

 

މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި ށ.ކަނޑިތީމު ގަބުރުސްތާން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 02 ޖޫން 2022 (ބުރާސްފަތި) ދުވަހުން ފެށިގެން 08 ޖޫން 2022 (ބުދަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/xeQm1j4Y2gpvZAzj6

އިތުރު މަޢުލޫމާތު:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ބެހޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ އިދާރާގެ ފޯނަށް 6540041 ގުޅުއްވައި، ނުވަތަ އީމެއިލް ކުރައްވާއި 08 ޖޫން 2022 (ބުދަ) ދުވަހުގެ 14:00 ގެ ކުރިން މައުލޫމާތު ސާފްކުރެއްވުން އެދެމެއެވެ. އިދާރާގެ އީމެއިލް އެޑްރެސް [email protected] ކަމުގައި ދަންނަވަމެއެވެ. މިބީލަމާއިގުޅިގެން މަޢުލޫމާތު ދިނުމުގެ ވަކި ބައްދަލުވުމެއް ނޯންނާއެވެ.

 

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 09 ޖޫން 2022 (ބުރާސްފަތި) ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު:  6/2013  (ކުދި އަދި މެދުފަންތީގެ ވިޔަފާރިގެ ޤާނޫނުގެ)ގެ ދަށުން އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

 

 

 

02 ޛުލްޤަޢިދާ 1443

02 ޖޫން 2022

02 ޖޫން 2022
ހޯދާ