ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު

   މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

   ބޭނުންވާ އަދަދު: 1

   ރޭންކް: ޖީ. އެސް 3

   ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1  

   މުސާރަ: -/4465 ރުފިޔާ

   ސަރވިސް އެލަވަންސް: -/1500 ރުފިޔާ

   ވަޒީފާއޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

   ގިންތި: ދާއިމީ

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެޑްމިނިސްޓްރޭޝަން ސެކްޝަން، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މުވައްޒަފުންގެ ވަޒީފާގެ ބަޔާންތައް އެކުލަވައިލުމާއި، ވަޒީފާ ބަޔާންތަކަށް އަންނަ ބަދަލުތައް ގެނައުމަށް ކުރައްޖެހޭ މަސައްކަތްތަޢް ކުރުން.
  • ޤާނޫނުގައިވާ ގޮތުގެމަތިން، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކޮށް، މުވައްޒަފުންލައްވާ ސޮއިކުރުވުން.
  • ސިވިލް ސަރވިސް ޤަވައިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ކުރަންޖެހޭ މަސައްކަތްތައްކުރުން.
  • އެޑްމިން ސެކްޝަނުގެ ސިޓީއާއި ނޯޓްފަދަ ތަކެތި ޓައިޕްކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ބެލެހެއްޓުން.
  • ޔުނިޓުން ޑިސްޕެޗްކުރަންޖެހޭ ލިޔުންތައް ވިއުގައިގެ ތެރެއިންނާއި މެނުއަލްކޮށް ޑިސްޕެޗްކޮށް، އެތަކެތީގައި ނަންބަރުޖެހުމުގެ މަސައްކަތްކުރުން.
  • ފޮޓޯކޮޕީނެގުމާއި، ފެކްސްކުރުމާއި، ސްކޭންކުރުން.
  • ކުރަމުންދާ މަސައްކަތްތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް ބޭނުންވާ ފައިލްތައް ހެދުމާއި، ލިޔެކިޔުންތައް ބެލެހެއްޓުމާއި، އޮފީހުގެ އިދާރީ ފޮތްތައް ތައްޔާރުކުރުމާއި، އެ ފޮތަތްތައް ބެލެހެއްޓުން.
  • އެޗް.އާރުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  • މުވައްޒަފުންގެ ހާޒިރީ، ސާލާމާއި ޗުއްޓީ ރެކޯޑުތައް ބެލެހެއްޓުން.
  • މުވައްޒަފުންގެ އެޕްރެއިޒަލްގެ މަސައްކަތްތައްކުރުން.
  • އަހަރީ ރިޕޯޓް ލިޔުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތްކުރުން.
  • ކޮމްޕިއުޓަރ ޓެކްނީޝަން ހަމަޖެހެންދެން ޖެމްސް އެޑްމިނިސްޓްރޭޓަރުގެ މަސްއޫލިއްޔަތު އަދާކުރުމާއި، އޭގެފަހުގައިވެސް  ކޮމްޕިއުޓަރ ޓެކްނީޝަން ޗުއްޓީގައި ހުންނަ ދުވަސްތަކުގައި ނުވަތަ ސަލާމުގައި ހުންނަ ދުވަސް ތަކުގައި  ޖެމްސް އެޑްމިނިސްޓްރޭޓަރގެ މަސްއޫލިއްޔަތު އަދާކުރުން.
  • ކޮންމެ ދުވަހެއްގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ޔައުމިއްޔާ ތައްޔާރުކުރުން.
  • ޑިޕާޓްމަންޓުގެ ސްޓާފް މީޓިންގތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

ޝަރުޠު:                                               

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި ދެއަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ރ.  ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

އިންޓަރވިއުކުރުން.

ހ. މި މަގާމަށް މީހަކު ހޮވުމަށް އިންޓަރވިއު އޮންނާނީ  2014 އޮކްޓޫބަރު 14 އާއި 23 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ޑިޕާރޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑުޖަހާފައިވާ ލިޔުމުގެ ކޮޕީ) ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކޯހެއް އެ ކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުން.

ރ-  މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދިނުމަށް ހަމަޖެހިފައިވާތީ، އެކަން ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ  އިދާރާތަކުން ހޯދާފައިވާ ލިޔުން. މިފަދަ ލިޔުންތަކުގައި، ކުރި މަސައްކަތާއި، މަސައްކަތް ކުރި މުއްދަތާއި، ވަޒީފާ އަދާކުރަން ފެށި ތާރީޚާއި،  ވަޒީފާއިންވަކިވެފައިވާނަމަ، ވަޒީފާއިން ވަކިވެފައިވާ ދުވަހާއި، މަހާއި، އަހަރު އެނގެން އޮންނަންވާނެއެވެ.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން، ހ. ވެލާނާގެ (2 ވަނަ ފަންގިފިލާ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 އޮކްޓޫބަރު 1 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މި ޑިޕާޓްމަންޓުގެ ނަންބަރު 3341303، 3341307 ފޯނަށް ގުޅުން އެދެމެވެ. 

18 ސެޕްޓެންބަރު 2014
ހޯދާ