ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 1)

މަޤާމު: އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 01 (އެކެއް)

މުސާރަ: -/6185 ރުފިޔާ

ލިވިންގ އެލަވެންސް: -/2000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: ގއ. އަތޮޅު ގޮފި

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި މުސާރައިގެ އާއި އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު: މި އޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:  ލަންޑަން ޖީ.ސީ.އީ. އޭލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 24 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])

 23  ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ