މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑު ލައިސަންސްގެ ޚިދުމަތް ހޯއްދަވާ ފަރާތްތައް ނަންނޯޓް ކުރެއްވުން

މާލެއަތޮޅު އަތޮޅުކައުންސިލްގެ އިދާރާ  

 ކ.ތުލުސްދޫ، ދިވެހިރާއްޖެ                                     

                                                

އިޢުލާން

 

މިއިދާރާއިން ދެމުންގެންދާ އެއްގަމާއި ކަނޑު ލައިސަންސްގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ ގޮތުން 12 ޖޫން 2022 ން ފެށިގެން ޚިދުމަތަށް އެދިލައްވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގައިވެސް ހެނދުނު 10:00 އާއި 13:00 އާއި ދެމެދު މިއިދާރާގެ 6644234  ނަމްބަރ ފޯނާއި ގުޅުއްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަލަށް އެއްގަމު ލައިސަންސް ނަންގަވަން އެދިލައްވާ ފަރާތްތަކުގެ ތެރެއިން ދުވާލަކަށް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 15 ފަރާތަށް ކަމުގައިވެސް ދަންނަވަމެވެ.

ޚިދުމަތް ހޯއްދަވަން ނަންނޯޓް ކުރައްވާފައިވާ ފަރާތްތަކަށް މިއިދާރާއިން ޚިދުމަތް ފޯރުކޮށް ދިނުމަށް ދުވަސް ހަމަޖައްސައި ދެއްވާފައިވާ ނަމްބަރަށް މިއިދާރާއިން މެސެޖެއް ދާނެއެވެ. މިއިދާރާއިން ޚިދުމަތް ފޯރުކޮށްދިނުމަށް ދުވަސް ހަމަޖައްސަވަމުން ގެންދާނީ ނަންނޯޓް ކުރައްވާ ތަރުތީބުން ކަމުގައި ދަންނަވަމެވެ.

ދުވާލަކަށް ޚިދުމަތް ފޯރުކޮށް ދިނުމަށް ހަމަޖައްސާފައިވާ 15 ފަރާތަށް ނޫން ފަރާތަކަށް އެއްގަމާއި ކަނޑު ލައިސަންސްގެ ޚިދުމަތް ހޯއްދަވަން ވަޑައިގެން ކަމުގައި ވީނަމަވެސް އެފަރާތަކަށް ޚިދްމަތް ފޯރުކޮށްދެވޭނީ ( ރަސްމީކޮށް އެޚިދުމަތް ފޯރުކޮށް ދިނުމަށް ހަމަޖައްސާފައިވާ ގަޑި 8:30 ން 13:30 އަށް ) ކުރިން ނަންނޯޓް ކުރެވި ގަޑި ހަމަޖެހިގެން ވަޑައިގެންނެވި ފަރާތްތަކަށް އެޚިދުމަތް ފޯރުކޮށްދިނުމަށް ފަހު ވަގުތު އޮތް މިންވަރަކުން ކަމުގައި ދަންނަވަމެވެ.

ވީމާ، ޚިދުމަތް ހޯދަން އެފަރާތަކަށް ދީފައިވާ ދުވަހަކު ވަޑައިގެން ދެއްވުމަކީ މިއިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.

 

01 ޖޫން 2022

01 ޖޫން 2022
ހޯދާ