ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކައުންސިލްގެ އިދާރާގެ އުތުރަށްއޮތް ގޯތިތެރޭގައި ޢިމާރާތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. އެހެންކަމުން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ދެވިފައިވާ މުއްދަތުގައި ބިޑް ހުށަހެޅުމަށް ރަޖިސްޓަރީކޮށް އަދި ބިޑް ހުށަހެޅުމަށް ކަނޑައަޅާފައިވާ ތާރީޚުގައި ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
01 ޖޫން 2022 އިން 09 ޖޫން 2022 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ހއ. ދިއްދޫ ކައުންސިލްގެ އިދާރާގައި. (އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަށް / އޮޕްޝަނަލް) |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. |
މި ޕްރޮޖެކްޓާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯނާ އެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.