މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ޙައްޖު ދަތުރުގެ އަގާއި ގުޅޭ

 އިޢުލާން

1443 ވަނަ އަހަރުގެ ޙައްޖު ދަތުރުގެ އަގާއި ގުޅޭ

 

މިކުންފުނީގެ ޙައްޖު އަދި އުމްރާގެ ޚިދުމަތް ހޯދުމާއިބެހޭ ޕޮލިސީގެ ދަށުން ޙައްޖަށް ދިއުމަށް ރަޖިސްޓްރީކޮށް، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން މިއަހަރުގެ (1443ހ.) ޙައްޖު ދަތުރުގައި ބައިވެރިވުމަށް ފުރުޞަތު ލިބިފައިވާ ފަރާތްތައް ޙައްޖަށް ގެންދިއުމަށް މިކުންފުނިން ކަނޑަޅާފައިވާ އަގަކީ ކުރީއަހަރުތަކުގައިވެސް ޙައްޖު ދަތުރަށް ކަނޑައެޅުނު އަގު ކަމުގައިވާ  69,965.00(ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) އެވެ.

އަދި މިއަހަރު ރާއްޖެއަށް ލިބިފައިވާ ރަސްމީ ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. މި 100 ކޯޓާއަށް ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 (ހަތްދިހަ ހަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ) އެވެ. 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

01 ޖޫން 2022
ހޯދާ