ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮލަމާފުށީގެ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ :

                        ގއ ކޮލަމާފުށީ އައުޓްޑޯ ޖިމްގެ ނުނިމިހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް   5 އެޕްރީލް 2022 ގައި ކުރެވުނު މި އިދާރާގެ ނަންބަރ   (IUL)406-esms-a/406/2022/9  އިޢުލާނުގެ ބައެއް މަސައްކަތްތައް އުނިކުރުމަށްފަހު އަލުން  އިޢުލާންކުރަމެވެ.  

                        ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކުރައްވައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

05 ޖޫން 2022

އާދީއްތަ ދުވަހުގެ    13:00    

އަންދާސީ ހިސާބު ހުށަހެޅުން

12 ޖޫން 2022

އާދީއްތަ ދުވަހުގެ    13:00    

                       މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކޮލަމާފުށީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން މަޢުލޫމާތު ފޯރުކޮށް ނުދެވޭނެއެވެ. މި މަސައްކަތަށް  އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި  މިނިސްޓްރީ އޮފް އިކޮނުމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރައްވާފައިވާ  އަދި މީރާގައި އެ ވިޔަފާރިއެއް ރަޖިސްޓްރި ކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި  މިނިސްޓްރީ އޮފް  އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް ހުށަނާޅާނައަޅުއްވާނަމަ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

v     މި ކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންފުޅުވާނަމަ  ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރ 6820017  އަށް ގުޅުއްވުން އެދެމެވެ.         

v        ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01  ޛުލްޤައިދާ  1443

                                01   ޖޫން   2022

01 ޖޫން 2022
ހޯދާ