ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ ބާ އިމްތިޙާނުގެ ފީ ދެއްކުމާ ގުޅޭ

       25 ޖޫން 2022 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފީ ދެއްކުމުގެ ޑެޑްލައިންއާ ގާތްކޮށް ފައިސާ ޓްރާންސްފަރކޮށްފައިވާ ފަރާތްތަކަށާއި ފައިސާ ބެންކް އެކައުންޓަށް ޖަމާކުރަމުންދާ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ބާ އިމްތިޙާނުގެ ފީ 2 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް (ދަންވަރު 12:00 އާ ހަމައަށް) ބަލައިގަތުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމުގައި އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.     

އިތުރު މަޢުލޫމާތު: 

     ބާ އިމްތިޙާނާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް  [email protected]  އަށް އީ-މެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

01 ޖޫން 2022
ހޯދާ