މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖު އެމްޕްލޯއިމަންޓް އުޞޫލުން މުވައްޒަފުން ހޯދުން

ވޭޖް އެމްޕްލޯއީމަންޓް އުޞޫލުން މިރަށު ކުޅިވަރުކުޅޭ ތަންތަން ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާން ކުރީމެވެ.

  1. ކުޅިވަރު ޕާކް

 

މަޤާމު:

މުނިސިޕަލް ވޯކާރސް

އޮފީސް:

ށ. ކަނޑިތީމު ކައުންސިލް އިދާރާ

އުޖޫރަ:

މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް -/36 ރުފިޔާ

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

ކުޅިވަރު ޕާކް / ރަސްމީ ފުޓްބޯޅަ ދަނޑު

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 5 ގަޑިއިރު

ވަޒީފާގެ މުއްދަތު:

ވަގުތީ (05 ފެބްރުއަރީ 2023ގެ ނިޔަލަށް)

ވަޒީފާގެ ބާވަތް:

ވޭޖް އެމްޕްލޯއީމަންޓް

ބޭނުންވާ ޢަދަދު:

02 (ދޭއް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1- ސްޕޯރޓްސް އެރީނާގެ ކުޅިވަރުތަކަށް ޙާއްސަ ކުރެވިފައިވާ ކުރިވަރު ޕާކްގެ ކޯޓްތަކާއި ބިމުގެ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

2- ރަސްމީ ފުޓްބޯޅަ ދަނޑާއި ދަނޑުގެ ވަށައިގެން ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަރަޙައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.

3- ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ޕާރކްތައް، ކައުންސިލުން ކަނޑައަޅާ ގޮތަކަށް ސާފުކޮށް ބެލެހެއްޓުން.

4- މިތަންތަނުގެ އިތުރުންވެސް ކައުންސިލުން ކަނޑައަޅާ ތަންތަން ކަނޑައަޅާ ގޮތަކަށް ސާފުކޮށް ބެލެހެއްޓުން.

5- އަދި މިނޫންވެސް ކައުންސިލުން ކުރުމަށް ނިންމާ މަސައްކަތެއް ނުވަތަ ދިނުމަށް ނިންމާ ޚިދުމަތެއް ދިނުމުގައި ކައުންސިލުން ކަނޑަޅައިފައިވާ އުޞޫލުން އަމަލުކުރުން.

މަޤާމުގެ ޝަރުތު:

1- ލިޔަންކިޔަން އެނގުން

2- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭ ފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުމާއިއެކު ކަނޑައެޅިފައިވާ ގަޑީގައި މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.

 

 

 

 

މަސައްކަތްކުރަން ރޭވިފައިވާގޮތް:

މިމަސައްކަތްތައް ކުރަންޖެހޭނީ ހަފްތާގެ ދުވަސްތަކަށް ބަހާލެވިގެން މިއިދާރާއިން އެކުލަވާލާ މަސައްކަތު ތާވަލާއެއްގޮތަށެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބަލާނީ މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމުގެ ކުނި މެނޭޖުކުރުން، ޤަބުރުސްތާނު، އިޖްތިމާޢީ ސަރަޙައްދުތައް އަދި ކުޅިވަރުކުޅޭ ތަންތަން ކުނިކަހާ ސާފުކޮށް ބަލަހައްޓާ މުވައްޒަފުން ނެގުމުގެ އުޞޫލުގައިވާ މުވައްޒަފުން ނެގުމުގައި ބަލާނެ މިންގަނޑަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ޖޫން 2022ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށައަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 12 ޖޫން 2022 އާއި 16 ޖޫން 2022އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް އިދާރާގައެވެ.

ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް  ޢާއްމުކުރުން:

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް" އާންމުކޮށް ފެންނާނެހެން މި އިދާރާގައި ޢާއްމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ށ. ކަނޑިތީމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެވެ.)

2-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6540041 އަށެވެ. އަދި މެއިލް ކުރައްވާނީ [email protected]  އަށެވެ.

01 ޖޫން 2022
ހޯދާ