މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ކަނޑިތީމު ޕްރީސްކޫލް މަރާމާތުކުރުން

އިޢުލާން

ށ.ކނަޑިތީމު ރައްޔިތުންގެ ޕްރީސްކޫލް މަރާމާތުކުރުން

 

ށ.ކަނޑިތީމު ޕްރީސްކޫލް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން   (IUL)271-ESMS/271/2022/22 ނަމްބަރު ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފަނުވާތީ، އިޢުލާން ބާތިލް ކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 01 ޖޫން 2022 (ބުދަ) ދުވަހުން ފެށިގެން 06  ޖޫން 2022 (ހޯމަ) ދުވަހުގެ 13:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ލިންކް: https://forms.gle/yYRPaBDJ5bcDKH5v7

އިތުރު މަޢުލޫމާތު:

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގެ ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ. ބީލަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތަކުން 07 ޖޫން 2022 (އަންގާރަ) ދުވަހުގެ 13:00 އަށް ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މައުލޫމާތު ސާފްކުރެއްވުން އެދެމެއެވެ.

ބީލަން ހުށަހެޅުން:

ބީލަން ހުޅުވުން އޮންނާނީ 09 ޖޫން 2022 (ބުރާސްފަތި) ދުވަހުގެ 12:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު:  6/2013  (ކުދި އަދި މެދުފަންތީގެ ވިޔަފާރިގެ ޤާނޫނުގެ)ގެ ދަށުން އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

30 ސައްވާލް 1443

31 މޭ 2022

31 މޭ 2022
ހޯދާ