މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ ނަން: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މުސާރަ:  3565.00ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓްއޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ވިލިމާލެ ޒުވާނުންގެ މަރުކަޒު / ކ.ވިލިނގިލި

މަސައްކަތް ކުރަންޖެހޭ ގަޑި : ހަވީރު 16:00 އިން ރޭގަނޑު 23:00 އަށް

ޝަރުޠު:

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ

2- ސާނަވީ ތަޢުލީމް ފުރިހަމަ ކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

- ވިލިނގިލީ އަވަށުގެ  ޒުވާނުންގެ މަރުކަޒުގެ ޑިޔުޓީއަށް ނުކުތުމާއެކު ކަނޑައެޅޭ އުސޫލަކުން ހުޅުމާލެ ޔޫތު ސެންޓަރ، ވިލިނގިލީ އަވަށުގެ ޔޫތު ސެންޓަރ ، ގަލޮޅު އެކްޓިވިޓީ ސެންޓަރ، މުނިއުފާ ޔޫތު ސެންޓަރ، މާފަންނު ޒުވާނުންގެ މަރުކަޒުގެ ޑިޔުޓީތަކަށް ނިކުތުން.

- ސްޕަވައިޒަރާ މަޝްވަރާ ކޮށްގެން ކުޅިވަރު މުބާރާތްތައް ރާވައި ހިންގުން 

- ކުޅިވަރު ކުޅުމަށް އަންނަ މެމްބަރުންނަށް ކުޅިވަރު ކުޅުމަށް ބޭނުންވާ ތަކެތި ގަވާއިދުން ދޫކޮށް ބެލެހެއްޓުން.

- ރޭވިފައިވާ ހަރަކާތްތަކާ ގުޅިގެން ކުރަންޖެހޭ ތައްޔާރީއެއް ވާނަމަ އެކަމެއް ކުރުން.

- މަރުކަޒަށް ޒިޔާރަތް ކުރާ މެންބަރުންނާއި އެހެނިހެން ފަރާތްތަކުގެ ޢަމަލުތައް ހުރީ މަރުކަޒުގެ ގަވާއިދާ އެއްގޮތައްތޯ ބަލައި ސުޕަވައިޒަރަށް ރިޕޯޓް ކުރުން.

- އިޖްތިމާޢި ކަންކަމާއި މުނިފޫހި ފިލުވުމުގައި އެންމެހައި ކަންތައްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

- ކޮންމެ މަހަކަކުވެސް މުވައްޒަފުން ހާޒިރީތަކާއި، ޖިމް، އެރޮބިކްސް، ޔޯގާ ކްލާހުގެ ހާޒިރީތައް ތައްޔާރު ކުރުން،

- ޔައުމިއްޔާ، ލިއުން.

- ފުޓްސަލް ދަނޑު ދޫކުރުން.

- އޮފީސް ހުޅުވައި ލެއްޕުމާއި ޑިޔުޓީއަށް ގަވާއިދުން ނުކުތުން.

ނޯޓް:

- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޝަރުތު ހަމަވާ މީހެއް ހޮވުމުގައި އިދާރީ މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި ވަޒީފާއަށް ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 ކަށް ވުރެ ގިނަ ނަމަ ތަޢުލީމާ ތަޖުރިބާ އަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށްބެލުމަށް ފަހު އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ދިހަ ފަރާތާއެވެ. 

- ވަގުތީ މަޤާމްތަކަށް ކޮންޓްރެކްޓްގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ބަލައި ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ. މި މަގާމަށް އިންޓަވިއު ކުރުން އެއް މަސް ދުވަސް ތެރޭގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގެ މީޓިންގ ރޫމުގައި ބޭއްވެނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  • ސުންގަޑި: 2014 ސެޕްޓެންބަރު 28 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅުއްވާނީ ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އަށެވެ. 
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
  • ވެބް ސައިޓް އެޑްރެސް www.youth.gov.mv
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347461 އަށް

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ