ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

                       

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ   

 

                                                      ނަންބަރު: GS05-HR/IUL/2022/67  

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-113983

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

 

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

މުސާރަ:

މަހަކު -/4465ރ

ސަރވިސް އެލަވަންސް:

މަހަކު -/1500ރ

 އެހެނިހެން އެލަވަންސް:

01. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

02. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

03. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

04. ސަޕޯޓިންގ ކޯ އެލަވަންސް ގޮތުގައި މަހަކު 700 ރުފިޔާ

05. ސްޕެޝަލް ޑިއުޓީ އެލަވަންސް ގޮތުގައި އަސާސީ މުސާރައިގެ 35% .

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  •  
  1. މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމަށްޓަކައި ބޭނުން ކުރާ އެޗް. އާރު ސޮފްޓްވެއަރ  ތެރެއިން ހާޟިރީ ބެލެހެއްޓުމާއި ސަލާމާއި ޗުއްޓީގެ ކަންތައް ބަލަހައްޓައި ސަލާމުގައިވާ މުވައްޒަފުންގެ މަޢުލޫމާތު ކޮންމެދުވަހަކު ސްޕަވައިޒަރުންނާއި ހިއްސާކުރުމާއި ސަލާމް ސެޓްފިކެޓް/ފޯރމް ގެނައުމުން ސޮފްޓްވެއަރ އިން ސަލާމް އެޅުން.
  2. ޗުއްޓީ އަށް އެދޭ މުވައްޒަފުންނަށް ޗުއްޓީ ޗިޓް ތައްޔާރުކޮށް ހަވާލުކުރުން.
  3. މަހުން މަހަށް ޙާޟިރީ ރިޕޯރޓް ތައްޔާރު ކުރުމާއި އަދި ކޮންމެ މީލާދީ މަހެއްގެ 16 ގައި ގަޑީލާރި ރިޕޯރޓް އަދި އިތުރުގަޑީގެ ރިޕޯރޓް ތައްޔާރު ކުރުމަށްފަހު ބަޖެޓް ސެކްޝަނާއި ޙަވާލުކުރުން.
  4. މުވައްޒަފުން އެކި ކަންކަމުގައި ބޭނުންވާ ވަޒީފާގައި އުޅޭކަމުގެ ލިޔުން ތައްޔާރުކޮށް ހަވާލުކުރުން. އަދި މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ލިޔެ ތައްޔާރުކޮށް މިނިސްޓްރީއަށް ފޮނުވުން.
  5. ސްކޫލަށް ބޭނުންވާ މަޤާމްތައް އުފެއްދުމަށާއި އިޢުލާން ކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް ފޮނުވުމާއި މަޤާމްތަކަށް އިޢުލާންކުރުމުގެ ހުއްދަ ލިބުމުން މަގާމްތަކަށް އިއުލާންކޮށް މުއްދަތު ހަމަވުމުން އިންޓަރވިއު ފޯމްތައް ތައްޔާރުކޮށް، އިންޓަރވިއު ނިމުމުން ވަޒީފާ ހަމެޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއެކު ސިވިލް ސާރވިސް ވިއުގާއަށް ވަޒީފާ ހަމަޖެއްސުމަށް ބޭނުންވާ ހުރިހާ ލިޔުންތައް އަޕްލޯޑްކުރުން.
  6. ހުރިހާ މުވައްޒަފުންގެ އެޕްރައިޒަލް ކޮންމެ އަހަރަކުވެސް ފުރުމުގެ ކަންތައް ފުރިހަމަކޮށް އެޕްރައިޒަލް ޗެކްކުރުމަށް ފަހު ސްކޭންކޮށް ވިއުގާއަށް އަޕްލޯޑް ކުރުން.
  7. މުވައްޒަފުންގެ ވަޒީފާ ބަޔާން ތައްޔާރުކޮށް މުވައްޒަފުންނާއި ޙަވާލުކޮށް އަދި ޕާރސަނަލް ފައިލުގައި ފައިލްކުރުން.
  8. މަތީ ސެޓްފިކެޓް ކޯސްތައް ނިންމާ ޓީޗަރުންގެ ސެޓްފިކެޓް ނުވަތަ ކޯސް ކޮމްޕްލީޓް ލެޓަރ ގެނައުމުން އެ ޓީޗަރަށް ސެޓްފިކެޓް ކުރިއެރުން ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ފަހު ސީ.އެސް ވިއުގަ އަށް އަޕްލޯޑް ކޮށް ކުރިއެރުން ހަމަޖެއްސުމަށް މަސައްކަތް ކުރުން.
  9. މުވައްޒަފުންނާއި ގުޅޭ އެންމެހާ ލިޔުންތައް ވިއުގާއަށް އަޕްލޯޑް ކުރުން. ހުރިހާ މުވައްޒަފުންގެ ޕާސަނަލް ފައިލްތައް  އަދާހަމަކޮށް ބެލެހެއްޓުން.
  10. އަހަރުން އަހަރަށް ބޭނުންވާ އެޗް. އާރު ފައިލްތައް ހަދާ ލިޔެކިޔުންތައް ފައިލް ކޮށް ބެލެހެއްޓުން.
  11. ލީވިން ސެޓްފިކެޓާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން
  12. ސްކޫލަށް ކުދިން ވެއްދުމާއި ކެނޑުމާއި ގުޅުންހުރި އެންމެހާ ކަންތައްތައް ކޮށް މެއިން ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން
  13. ސްކޫލުގައި ބާއްވާ އޯލެވެލް އަދި އޭލެވެލް އިމްތިޙާންތަކުގެ އެންމެހާ މަސައްކަތް ކުރުން
  14. ކްލާސް ލިސްޓް ތައްޔާރުކޮށް ލީޑިންގ ޓީޗަރުންނާއި ޙަވާލުކުރުމުގެ މަސައްކަތްކުރުން
  15. ކިޔަވައި ދިނުމާއި ގުޅުން ހުރި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތް، ކަމާއި ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާއާއި އެކު ކުރުން.
  16. މީމިސް އަދި ޓެންޕްލަސްގެ އެންމެހާ ކަންތައް ބެލެހެއްޓުން
  17. ސްކޫލްގެ ބައްދަލްވުންތަކާއި، ސްކޫލް ތަމްސީލުކުރުމަށް ބައިވެރި ވާންޖެހޭ އެންމެހައި ބައްދަލުވުން ތަކަށް ގަޑިއަށް ޙާޟިރު ވުމާއި ބައިވެރިވުން.  އަދި ސްކޫލުން ހިންގާ އިތުރު ޙަރަކާތްތަކުގައި ސްކޫލުން އަންގާގޮތެއްގެ މަތިން ބައިވރިވުން.
  18. މުވައްޒަފުންގެ އެއްބައިވަންތަކަމަށް ހިންގާ އެންމެހައި ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

 

މަޤާމުގެ ޝަރުޠުތައް

  • ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓްގެ އިމްތިހަނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން

 

ނުވަތަ

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއިއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

މަޤާމަށް ކޮމިޝަނުން ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތައް

ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް

ނެތް

 

މަޤާމުގެ ކޯ ޑިސިޕްލިންތައް

ނެތް

 

މަޤާމުގެ މަސައްކަތު / ވަޒީފާގެ ދާއިރާތައް

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިދާރާއިން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،    މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމް".

 ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަވިއު

35

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 (ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ގއ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު / އިމްތިޙާން / ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު / އިމްތިޙާން / ޕްރެޒެންޓޭޝަން  އޮންނާނީ،15  ޖޫން 2022 އާއި 21 ޖޫން 2022 އާ ދެމެދު، ގއ.އަތޮޅު ތަޢުލީމީ މަރުކަޒު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި  ވަޒީފާއަށް ކުރިމަތިލި ފަރާތްތަކުގެ ސްކްރީނިންގ މަރުޙަލާގެ ނަތީޖާ ޝީޓް ( ޖަދުވަލު 3 ) އާންމު ކުރެވޭނެއެވެ. އަދި އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ޝީޓް ) " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ގެޒެޓުގައި އާންމުކުރެވެނޭއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820029 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 

 ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ    ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

     

   

30   މެއި  2022

30 މޭ 2022
ހޯދާ