ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
އާރ.އޯ ޕްލާންޓެއްގެ ހައިޕްރެޝަރ ޕަންޕް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތްކޮށްދޭން އެދޭ ފަރާތްތަކުން 21 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވުމަށްފަހު 24 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 14:00 އަށް މިމިނިސްޓްރީއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާންޖެހޭ ދުވަހުގެ، ކަނޑައެޅިފައިވާ ގަޑިއަށް، މިމިނިސްޓްރީއަށް ހާޒިރުވެ މަޢުލޫމާތު އޮޅުންފިލުވާފައިވާ ފަރާތްތަކަށެވެ.
މިކަމަށް މީގެކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު IUL)28-FA-1/1/2014/117) އިޢުލާނާ ގުޅިގެން މަޢުލޫމާތު އޮޅުންފިލުވުމަށް ހާޒިރުވާން އޮތްދުވަހު ސަރުކާރުގެ ބައެއް އޮފީސްތަކުގެ ރަސްމީ ގަޑިއަށް ބަދަލު ގެނައުމާ ގުޅިގެން، މިކަމަށް މަޢުލޫމާތު ދޭން އޮތް ގަޑިއަކީ ސަރުކާރު ބަންދު ގަޑިއެއް ކަމަށްވާތީ އެއިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ. މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިމިނިސްޓްރީގެ ފޯން ނަންބަރު 3313124 އާ ގުޅުން އެދެމެވެ.
21 ޛުލްޤަޢިދާ 1435