ދިވެހިރާއްޖެ
އިޢުލާން
ކ.ތިލަފުށީގައި، މި ކުންފުނީގެ ލޯޑިންގް އަދި އަންލޯޑިންގް ޖެޓީ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް 25 އޭޕްރިލް 2022 ގައި ކުރެވުނު އިއުލާން , އިއުލާން ނަންބަރު ( MGPL-I/PD/2022/12 ) ބަޖެޓްކުރެވިފައިވާ އަދަަދަށްވުރެ ހުޝައަޅައިފައިވާ އަންދާސީ ހިސާބު ތަށް ބޮޑުކަމަށް ފެންނާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 11:00 އަށް (މަޢުލޫމާތު ސާފުކުރުން ބާއްވަން ހަމަޖެހިފައިވަނީ، ކ.ތިލަފުށީ، މޯލްޑިވް ގޭސް ތިލަފުށީ ސައިޓް) |
އަންދާސީ ހިސާބު ހުށަހެޅުމަށް |
12 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް (އެސް.ޓީ.އޯ ޓްރޭޑްސެންޓާރ 02 ވަނަ ފަންގިފިލާ) |
ނޯޓް:
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ މިކަމުގެ ތަޖުރިބާހުރި ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބީލަންތަށް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
- މި އިޢުލާނާއިއެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗްކޮށްފައިވާނެއެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614