ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

 

 

ގއ.ދެއްވަދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ 411-B/IUL/2022/16 (05 އެޕްރީލް 2022) އަދި 411-B/IUL/2022/23 (18 އެޕްރީލް 2022)  އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ލޯގޯ ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތަށް ލޯގޯ ފަރުމާކުރައްވައި 08 ޖޫން 2022 ވާ ބުދަ ދުވަހުގެ ހެނދުނު 11.00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

 

               މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                        30  ޝައްވާލް  1443 

                        31  މެއި     2022        

31 މޭ 2022
ހޯދާ