ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑޫދޫގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކަނޑޫދޫގެ ނަން ރަމްޒުކޮށްދޭ މޮނިއުމަންޓް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

          މިރަށު ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމަންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރި ނަމްބަރު 387/387/2022/24 (IUL) (24 މެއި 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރަމެވެ.

          ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ބަނދަރުގައި ކަނޑޫދޫގެ ނަން ރަމުޒްކޮށްދޭ މޮނިއުމެންޓެއް އަމިއްލަ ތަކެތީގައި ހަދައިދިނުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

          މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ކޮޅުމަޑުލު ކަނޑޫދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އިރު އައިޑީ ކާޑުގެ އަސްލާއި ކޮޕީއެއް ގެންނެވުން އެދެމެވެ. ކުންފުންޏެއް ނަމަ ކުންފުނީގެ ފަރާތުން ތަމްސީލް ކުރައްވާ ފަރާތުގެ މަޢުލޫމާތު އެގޭނެ ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިސިޓީ ހުށަނާޅާ ފަރާތްތަކަށް މަޢުލޫމާތުދޭ ސެޝަންގައި ބައިވެރިވެވަޑައި ނުގެންނެވޭނެ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުން      

އަންދާސީ ހިސާބު ހުށަހެޅުން

05 ޖޫން 2022  ވާ އާދިއްތަ ދުވަހުގެ 11:00

13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00

 

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

                    1 ޛުލް ޤަޢިދާ 1443

31 މޭ 2022
ހޯދާ