ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިޓް މާކެޓް 2022 ބޭއްވުން

1443 އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާއިން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި ނައިޓް މާކެޓް 2022 ގެ ނަމުގައި ނައިޓްމާކެޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނައިޓް މާކެޓް އޮންނާނީ 2022 ޖުލައި 06 ވަނަ ދުވަހުން ފެށިގެން 2022  ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މާކެޓްގައި ވިޔަފާރި ކުރެވޭނެ ގަޑިތަކަކީ، ހަވީރު 16:00 ން ފެށިގެން ރޭގަނޑު 23:00 އަށެވެ. ކޮންމެ ނަމާދު ވަގުތަކަށް 20 މިނެޓް މެދުކަނޑާލަންވާނެއެވެ.

            ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ނަންގަވާ ހުށައެޅުއްވުން އެދެމެވެ. ފޯމް ލިބެން ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށް މިއިދާރާގެ އިދާރީ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އާއި ދެމެދު މިއިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރުންނެވެ. ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ، 2022 ޖޫން 9 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ފޯމް ބަލައެއް ނުގަނެވޭނެއެވެ. އެންމެ ގިނަވެގެން ދޫކުރާނީ 25 މޭޒެވެ. 25 މޭޒު ދޫކުރާނީ ފުރަތަމަ 25 ފޯމަށެވެ. މޭޒެއް ބެހެއްޓުމަށް ދޫކުރެވޭ ބިމުގެ ޖާގައަކީ 10 ފޫޓް ދިގު 6 ފޫޓް ފުޅާ ގޮޅިއެކެވެ.

            މި މާކެޓްގައި  ވިޔަފާރިކުރުމަށް މޭޒުބެހެއްޓޭ އަގަކީ، 1000.00 (އެއްހާސްރުފިޔާ) އެވެ. ކެންޓީނަށް ދޫކުރެވޭ މޭޒުގެ އަގަކީ 1500.00 (ފަނަރަސަތޭކަ) ފައިސާ ދެއްކެވުމަށް ޓްރާންސްފަރ ކުރެވިދާނެއެވެ. Account Number : 773 000135 156، Account Name : 1430  Revenue 01 ޓްރާންސްފަރ ކުރައްވާއިރު ރިފަރެންސްގައި ފައިސާ ދައްކަވާ ބޭނުން ލިޔުއްވުންއެދެމެވެ. އަދި ސްލިޕް 7767438 ނަންބަރަށް ވައިބަރ ކުރައްވާނެއެވެ. ނައިޓްމާކެޓްގައި ވިޔަފާރިކުރުމަށްއެދި ހުށައަޅާ ފަރާތްތާއެކު ބާއްވާ ބައްދަލުވުން 2022 ޖޫން 22 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ބިލްޑިންގ ގައި އޮންނާނެއެވެ.

            ނައިޓްމާކެޓުގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރި ކުރެވޭނީ، މިއިދާރާއިން ކަނޑައަޅާ ބިމުގެ އޭރިޔާގައެވެ. ނައިޓްމާކެޓް އޮންނަ ވަގުތު ރަސްމީހުއްދައިގެ ދަށުން ވިޔަފާރިކުރާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނައިޓްމާކެޓް ސަރަޙައްދުގައި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. ނައިޓްމާކެޓް ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު މިއިޢުލާނާއެކު އާއްމު ކުރެވިފައިވާނެއެވެ.

31 މޭ 2022
ހޯދާ