ދިވެހިރާއްޖެ
މިރަށުގެ ޤަބުރުސްތާނަށް ވެލި އެޅުމަށްޓަކާ، ވެލި އަޅާ ސަރަޙައްދުގައި (380 ފޫޓް ދިގު، 2.5 ފޫޓް އުސްމިނުގައި) ފާރު ރާނައި ސިމެންތިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމުގެ މަޢުލޫމާތު ސާފުކުރެއްވުމަށް 2022 ޖޫން 06 ވާ (ހޯމަ) ދުވަހުގެ ހެނދުނު 11:00 ގައި އޮންނަ ބައްދަލުވުމަށް އަދި ބީލަން ހުށަހެޅުއްވުމަށް 2022 ޖޫން 15 ވާ (ބުދަ) ދުވަހުގެ 11:00 އަށް މި ކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ބީލަން ހިއްޕަވައިގެން ވަޑައިގަންނަވާއިރު، ހުށަހަޅުއްވާ ލިޔެކިޔުން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުށަހަޅުއްވާ ފަރާތްތަކުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަކީ އެދެވިގެންވާ ކަމެކެވެ. މި ބީލަމުގައި ވިޔަފާރިތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.
މި ބިމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭން ހަމަޖެހިފައިވަނީ:-
- ހުށަހަޅާ އެންމެ ދަށް އަގަށް %75 ( ހަތްދިހަ ފަހެއް އިންސައްތަ )
- މުއްދަތު ( މަސައްކަތް ނިންމޭނެ ކުރުމުއްދަތު ) ( ދިހައެއް އިންސައްތަ )
- ތަޖުރިބާއަށް %5 ( ފަހެއް އިންސައްތަ )
- މާލީ ޤާބިލުކަމަށް ( ދިހައެއް އިންސައްތަ )
ބީލަމާއިއެކު ހުށަހަޅަންޖެހޭ ތަކެތި
- ވިޔަފާރި ރަޖިސްޓަރީ ކޮޕީ ( ކުންފުންޏަކުންް ހުށަހަޅާނަމަ މި މަސައްކަތްކުރުމަށް އެ ވިޔަފާރީގެ ބޯޑުން ނިންމި ނިންމުން ހުށަހަޅަންވާނެއެވެ.)
- އައި.ޑީ ކާޑް ކޮޕީ: ( އަމިއްލަ ފަރުދެއްގެ ޙައިސިއްޔަތުންނަމަ އައި.ޑީ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ. )
- ތަޖުރިބާގެ ލިޔުން ( ތަޖުރިބާގެ ލިޔުމަކީ މަސައްކަތް ކުރުވި ފަރާތުން ދީފައިވާ ލިޔުމަކަށް ވާންޖެހޭނެއެވެ. ތަޖުރިބާގެ ގޮތުގައި ބެލެވޭނީ ޢިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތަށެވެ.)
- މާލީ ޤާބިލުކަން ހާމަކޮށްދޭ ލިޔުން ( މާލީ ޤާބިލުކަން ހާމަކޮށްދިނުމަށް، 3 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންވާނެއެވެ. )
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ.