ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތުގެ ދަށުން ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ލ. އަތޮޅުގައި ޢިލްމީ ގޮތުން ޤާބިލް ޖީލެއް އުފައްދައި، އަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ކިޔެވުމުގެ ރޫޙް އިތުރުކޮށް ޤައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ވަނަތައް ހޯދުމަށް ވާދަކުރުމުގެ ރޫޙެއް އަތޮޅުގެ ދަރިވަރުންނާއި ޒުވާނުންގެ މެދުގައި އުފައްދާ އެފަދަތަނަވަސް މާޙައުލެއް ލ. އަތޮޅުގައި ޤާއިމްކުރުމަށާއި، ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ފާހަގަކުރެވޭ ޚިދުމަތްތެރިންނާއި ކުލަބް، ޖަމްޢިއްޔާތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމާއި، އަތޮޅުގެ ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ސްކޫލް، މަދަރުސާތަކުން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް އެފަދަ ފަރާތްތަކުގެ މެދުގައި މަސައްކަތުގެ މައިދާނުގައި ވާދަވެރި ރޫޙެއް އުފެއްދުމުގެ މަޤުޞަދުގައި މި ކައުންސިލްގެ "ހައްދުންމަތީ އިނާމު  ދިނުމުގެ ސިޔާސަތު" ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ ތިރީގައި މިދަންނަވާ އިނާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު 2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ލ. އަތޮޅުގެ ރައްޔިތުންނަށްވަނީ ހުޅުވާލެވިފައެވެ.

 

1. ޝަރަފްވެރިކަމުގެ އިނާމު

1.1 އިހައްދުންމަތީ ތޫނުފިލި ތަރި

(ހ) ޤްރުއާން ހިތުދަސްކޮށް، ހާފިޘްކަމުގެ ސަނަދު ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑް

(ށ) ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖު ފަދަ ތަންތަނުން މަތީ ތަޢުލީމު ޙާސިލްކޮށް ޑޮކްޓަރ އޮފް ފިލޯސަފީ (ޕީ.އެޗް.ޑީ) ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ދެވޭ އެވޯޑް

 

1.2 އައްޝައިޙް ޙަސަންތާޖުއްދީނު އެވޯޑް

(ހ) ލ. އަތޮޅުގެ ރަށު ކައުންސިލްތައް މިންކުރުމުން އެންމެމަތިން މާކުސް ހޯދާ ރަށު ކައުންސިލަށް ދެވޭ އެވޯޑް

(ށ) ލ. އަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން ޖީ.ސީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިހާނުތަކުގައި ބައިވެރިވެ 5 މާއްދާއިން ފާސްވި ނިސްބަތް %65  އިން ފެށިގެން މަތިން ހޯދާފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެ މަތީ އިންސައްތަ ހޯދާފައިވާ ސްކޫލް ނުވަތަ މަދަރުސާއަށް ދެވޭ އެވޯޑް

(ނ) ލ. އަތޮޅުގެ އ.ތ.މ ކޮމިޓީތައް މިންކުރުމުން އެންމެމަތިން މާކުސް ހޯދާ އ.ތ.މ ކޮމިޓީއަށް ދެވޭ އެވޯޑް.

 

1.3 އަލްޚަތީބު މުޙައްމަދު ޝިރާޖުއްދީނު އެވޯޑް

(ހ) ލ. އަތޮޅުގެ ރަށު ކައުންސިލްތައް މިންކުރުމުން އެންމެމަތިން 2 ވަނައަށް މާކުސް ހޯދާ ރަށު ކައުންސިލަށް ދެވޭ އެވޯޑް 

(ށ) ލ. އަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން ޖީސީއީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިހާނުތަކުގައި ބައިވެރިވެ ފާއިތުވި އަހަރު އެންމެ ގިނަ ދަރިވަރުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަޑައަޅާފައިވާ މަތީ ސާނަވީއަށް ކިޔެވޭ މިންގަޑަށް ފާސްކޮށްދީފައިވާ ސްކޫލް ނުވަތަ މަދަރުސާއަށް ދެވޭ އެވޯޑް

(ނ) ލ. އަތޮޅުގެ އ.ތ.މ ކޮމިޓީތައް މިންކުރުމުން އެންމެމަތިން 2 ވަނައަށް މާކުސް ހޯދާ އ.ތ.މ ކޮމިޓީއަށް ދެވޭ އެވޯޑް.

 

1.4 އައްޝައިޙް އެދުރު ޢުމަރު މާފަތް ކަލޭގެފާނު އެވޯޑް

(ހ) ލ. އަތޮޅުގެ ރަށު ކައުންސިލްތައް މިންކުރުމުން އެންމެމަތިން 3 ވަނައަށް މާކުސް ހޯދާ ރަށު ކައުންސިލަށް ދެވޭ އެވޯޑް

(ށ) ލ. އަތޮޅުގެ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން ޖީސީއީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިހާނުތަކުގައި ބައިވެރިވެ ފާއިތުވި އަހަރު ހޯދި ނަތީޖާއަށްވުރެ އިން ފެށިގެން މަތީ ކުރިއެރުމެއް ހޯދާފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެ މަތީކުރިއެރުމެއް ހޯދާފައިވާ ސްކޫލް ނުވަތަ މަދަރުސާއަށް ދެވޭ އެވޯޑް.

(ނ) ލ. އަތޮޅުގެ އ.ތ.މ ކޮމިޓީތައް މިންކުރުމުން އެންމެމަތިން 3 ވަނައަށް މާކުސް ހޯދާ އ.ތ.މ ކޮމިޓީއަށް ދެވޭ އެވޯޑް.

 

2. ހިތްވަރު ދިނުމުގެ އިނާމު

2.1 މުޖުތަމަޢަށް ޚިދުމަތްކުރުމުގެ ދާއިރާތަކުން ދެވޭ އިނާމު

2.1.1- ދިވެހިބަހާއި އަދަބިއްޔާތު އަދި ތާރީހަށް ޚިދުމަތްކުރުމުގެ ދާއިރާ

2.1.2- ތަޢުލީމީ ދާއިރާ

2.1.3- ޞިއްޙީ ދާއިރާ / ހަކީމީ ބޭސްވެރިކަން

2.1.4- ތިމާވެށީގެ ދާއިރާ

2.1.5- މަސްވެރިކަމުގެ ދާއިރާ

2.1.6- ފަތުރުވެރިކަމުގެ ދާއިރާ

2.1.7- ދަނޑުވެރިކަމުގެ ދާއިރާ

2.1.8- އާ އުފެއްދުންތަކުގެ ދާއިރާ (އިނޮވޭޝަން)

2.1.9- އިޖްތިމާޢީ ޚިދްމަތުގެ ދާއިރާ

2.1.10- ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާ

2.1.11- އާރޓް އެންޑް ކުރާފްޓް

2.1.12- އިމާރާތްކުރުމުގެ ދާއިރާ

2.1.13- ދަތުރުފަތުރުގެ ދާއިރާ

2.1.14- ޚަބަރާއި މަޢްލޫމާތު ފެތުރުމުގެ ދާއިރާ

2.1.15- ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާ

2.1.16- އެންމެ ޚިދުމަތްތެރި ކްލަބް/ޖަމިއްޔާ

 

2.1 ޝަރަފުވެރި މަޤާމުތަކާއި ވަނަތައް ހޯދާ ފަރާތްތަކަށް ދެވޭ އިނާމު

(ހ) ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޔުނިވަރސިޓީ/ކޮލެޖު ފަދަ ތަންތަނުން މަތީ ތަޢުލީމު ޙާސިލްކުރާ ނުވަތަ ޙާސިލްކޮށް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ޝަރަފުވެރި ވަނައެއް ހޯދާފައިވާ ފަރާތަކަށް ދެވޭ އިނާމު.

(ށ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ފެންވަރުގެ މުބާރާތަކުން 1ވަނަ، 2ވަނަ ނުވަތަ 3ވަނައިގެ ތެރެއިން ވަނައެއް ހޯދާފައިވާ ފަރާތަކަށް ދެވޭ އިނާމު. 

(ނ) ޖީ.ސީ.އީ އޯލެވެލް، އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެޑެކްސަލް އޭ ލެވެލް އިމްތިހާނުން ދުނިޔޭގެ ފެންވަރުގެ ވަނައެއް ޙާޞިލްކޮށްފައިވާ ފަރާތަކަށް ދެވޭ އިނާމު.

 

ވީމާ، މަތީގައި ދެންނެވިފައިވާ އިނާމުތަކަށް ނަންހުށަހެޅުމަށް ޝައުގުވެރިވެލައްވާ މި އަތޮޅުގެ ސްކޫލް، މަދަރަސާތަކާއި، ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި، އާންމުން އިނާމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއިއެކު 2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިނާމަށް އެދި ހުށަހަޅާ ފޯމް މިއިޢުލާނާއިއެކުގައިވާ ލިންކުންނާއި މިއިދާރާގެ ވެބްސައިޓުންނާއި މިކައުންސިލާއި މިއަތޮޅު ރަށު ކައުންސިލްތަކުގެ އިދާރާތަކުން ލިބެންހުންނާނެ ވާހަކަ ދެންނެވީމެވެ. މި އިއުލާނާއިއެކު "ހައްދުންމަތީ އިނާމު ދިނުމުގެ ސިޔާސަތު" އާންމު ކުރީމެވެ.

30 މޭ 2022
ހޯދާ