މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ޑްރަގް ޓެސްޓްކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ޑްރަގް ޓެސްޓްކިޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމުގައި ރަޖިސްޓްރީވުމަށް 12 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން ([email protected]) އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ.

30 މޭ 2022
ހޯދާ