މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
03 ރަށުގެ ސީއައުޓްފޯލްއާއި ބްރައިން ރިޖެކްޓް ލައިން އަދި ށ. ފީވަކުގައި ބްރައިން ރިޖެކްޓް ލައިން އަޅައިދިނުމުގެ މަސައްކަތް ހޮރިޒޯންޓަލް ޑިރެކްޝަނަލް ޑްރިލިންގ މެތަޑަށް ކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، 03 ރަށެއްގެ (ށ. ގޮއިދޫ، ހދ. ކުމުންދޫ އަދި ހދ. ހިރިމަރަދޫ) ސީއައުޓްފޯލްއާއި ބްރައިން ރިޖެކްޓް ލައިން އަދި ށ. ފީވަކުގައި ބްރައިން ރިޖެކްޓް ލައިން އަޅައިދިނުމުގެ މަސައްކަތް ހޮރިޒޯންޓަލް ޑިރެކްޝަނަލް ޑްރިލިންގ މެތަޑަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.  ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ބައިވެރިވުމަށް ފުރިހަމަ ވާންޖެހޭ މުހިންމު ޝަރުތުތައް:

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އިން ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށްވުން.
  • މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރެޖިސްޓްރީވެފައިވާ ފަރާތަކަށްވުން އަދި މުއްދަތު ހަމަނުވާ ނެޝަނަލް ކޮންޓްރެކްޓަރސް ރެޖިސްޓްރޭޝަން އޮންނަ ފަރާތަކަށްވުން.
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީ އައް ރެޖިސްޓްރީ ވެފައިވާ ފަރާތަކަށްވުން.
  • ފާއިތުވެދިޔަ ހަމަހުގެ މީރާ ޓެކްސް ކުލިޔަރެންސް ރިޕޯޓް އޮތް ފަރާތަކަށްވުން.

 

ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 02 ޖޫން 2022 ވާ ދުވަހު 10:30 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 08 ޖޫން 2022 ވާ ދުވަހު 12:00 ގައެވެ (އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ). ބިޑް އެވާރޑްކުރެވޭ ފަރާތުން ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ބިޑްކުރި އަދަދުގެ ބިޑް އެވޯރޑްކުރެވޭތާ 14 ދުވަސްތެރޭގައި ހުށައަޅަންވާނެއެވެ.

ކޮންޓްރެކްޓިންގ ޑިޕާޓްމަންޓް

30 މޭ 2022
ހޯދާ