ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
(IUL)25-A4/25/2022/19:ނަންބަރު
ފަތުޙުﷲ ޖަމީލް ބިލްޑިންގ ގެ އިރުމަތީ ފަރާތުގައިވާ 4 ފަންގިފިލާގެ ޢިމާރާތް (ޑީ.އީ.އާރު ބިލްޑިންގ) ގެ ސްޓްރަކްޗަރަލް އެސެސްމަންޓް ހެދުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
ފަތުޙުﷲ ޖަމީލް ބިލްޑިންގ ގެ އިރުމަތީ ފަރާތުގައިވާ 4 ފަންގިފިލާގެ ޢިމާރާތް (ޑީ.އީ.އާރު ބިލްޑިންގ) ގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހެދުމަށް ބޭނުންވެގެން ކުރެވުނު އިއުލާން ނަންބަރު (IUL) 25-A4/25/2022/12 (19 މެއި 2022) އަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ، އެ އިއުލާން ބާތިލުކުރުމަށްފަހު އަލުން އިއުލާން ކުރަމެވެ.
ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓްކުރައްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 13 ޖޫން 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަން ނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.
30 މެއި 2022