އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2022 - 2023 ވަނަ އަހަރު އއ.ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ:

ނަންބަރު:A/IUL/344/2022/33

 

އިޢުލާން

2022 – 2023 ވަނަ އަހަރު އއ.ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމާއި ގުޅޭ:

2022 – 2023 ވަނަ އަހަރު ފެށޭ ދިރާސީ އަހަރަށް އއ.ފެރިދޫ ޕްރީސްކޫލަށް ކުދިން ވެއްދުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ސްކޫލަށް ދަރިވަރުން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ 2022 މޭ 31 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ޖޫން 26 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން 12:00 އަށް މިކައުންސިލްގެ އިދާރާއިންނެވެ.

ބޭބީ ނާރސަރީ އަދި ނާރސަރީ އަށް ވައްދާނީ 2022 އޮގަސްޓް މަހުގެ 1 އަށް ތިރީގައިވާ ތާވަލުގައިވާ ގޮތަށް ޢުމުރު ހަމަވާ ކުދިންނެވެ.

ގްރޭޑް

2022 – 2023 ވަނަ އަހަރު ގްރޭޑަށް ވަދެވޭ ޢުމުރު ފުރާ

ބޭބީ ނާރސަރީ

2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާރސަރީ

3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

ވީމާ، ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް އެދޭ ބެލެނިވެރިން ފޯމް ފުރުއްވަވާ ތިރީގައިވާ ލިޔުންތަކާއެކު، 26 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

      ފޯމާއެކު ހުށަހަޅުއްވަންޖެހޭ ތަކެތި

*         ކުއްޖާގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި އުފަންދުވަހުގެ ސެޓްފިކެޓްގެ ފޮޓޯކޮޕީ

*         ބެލެނިވެރިޔާގެ އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ

*         ޞިއްހީގޮތުން އުނިކަމެއް ލިބިފައިވާ ކުއްޖެއްނަމަ އެކަމުގެ މަޢުލޫމާތު ބަޔާންކޮށް ބެލެނިވެރިޔާގެ ސިޓީ

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 މޭ 2022
ހޯދާ