ދިވެހިރާއްޖެ
އދ އޮމަދޫ ޕްރީސުކޫލް އަޕްގްރޭޑްކޮށް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް
މިރަށު ޕްރީސުކޫލް މަރާމާތު ކުރުމަށް ކުރެވުނު ނަންބަރ (IUL)348-EM/348/2022/58(27 އެޕްރީލް 2022) އިޢުލާނާއި ގުޅިގެން
އެއްވެސްފަރާތަކުން ބީލަން ހުށައަޅާފައި ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2022 ޖޫން 2 ވާ ބުރާސްފަތި ދުވަހުން
ފެށިގެން 2022 ޖޫން 9 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް ރަޖިސްޓަރީވުމަށް އެދި [email protected]އަށް އީމެއިލް
ކުރެއްވުން ނުވަތަ ނަންބަރު 6680542 ފޯނާ ރަސްމީ ގަޑީގައި ގުޅުއްވައިގެން ނުވަތަ ރަސްމީ ގަޑީގައި މި ކައުންސިލަށް ޙާޟިރުވެ ބޭނުންވާ
މަޢުލޫމާތެއް ސާފުކޮށް ނަންނޯޓްކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުންރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް
ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ ނަން ނޯޓް ކުރައްވާ ފަރާތް ތަކުން އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު
ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ
ވަނަވަރު އެނގޭނޭ ގޮތަށް ލިޔެފައި ފޮނުވަންވާނެއެވެ.
ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ބިޑް ހުށަހެޅުން
މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 ޖޫން 12 ވާ އާއްދީތަ ދުވަހު ހެނދުނު 10:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ
ކައުންސިލް އިދާރާއަށެވެ.
2022 ޖޫން 12 ވާ އާއްދީތަ ދުވަހު ހެނދުނު 10:00 ގެ ފަހުން ބިޑް ހުށަހަޅާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެކަން އަންގަމެވެ. މެއިލް
މެދުވެރިކޮށް ހުށައަޅާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވާލަމެވެ.
ބިޑް ހުޅުވުން
މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 ޖޫން 12 ވާ އާއްދީތަ ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ
ކައުންސިލް އިދާރާގައި ބިޑް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- މިހާރު ޕްރީސްކޫލްގައި ހުރި ހުރިހާ ފަންކާއެއް މީޓިން ރޫމްގައި ހުރިގޮތަށް ބަދަލުކުރުން.
- 4 އޭސީ ސޮކެޓް ހަރުކުރުމާއި ސޮކެޓަށް ނަރު އަޅާ އަދި ކޮންމެ ސޮކެޓެކަށް ސާކެޓެއް ހަރުކުރުން.
- މިހާރު ޕްރީސްކޫލްގައި ހުރި ހުރިހާ ބޮކިތަށް މީޓިން ރޫމުގައި ހުރި ގޮތަށް ބަދަލުކުރުން، ބޮކީގެ ގޮތުގައި ލާންވަނީ މިހާރުވެސް ހުރި ސައިޒުގެ ބޮތްކެވެ.
- އިމާރާތުގެ 2 ފަރާތުގައި ކުލައާއި ދަވާދުލުން (ދަވާދުގެ ގޮތުގައި ލާންވާނީ މިހާރުވެސް ލާފައިވާކުލަތަކެވެ) ކުލަލުމުގެ ކުރިން ސާމްޕަލް ހުށައަޅާންވާނެއެވެ.
- އިމާރާތުގެ އިންފާރުގައި ކުލައާއި ދަވާދުލުން (މިހާރުވެސް ލާފައިވާ ކުލަތައް)
- ފާހާނައިގެ މޫނުދޮންނަތަށި ބަދަލުކުރުން.
- ބޭރު ފާހާނައިގައި ހުރި މަސައްކަތްތަށް ކުރުން