ދިވެހިރާއްޖެ
މި ސްކޫލުންދޭ މައުލޫމާތާއި އެއްގޮތަށް ސްކޫލުގެ ފާޚާނާތަކަށާއި، ސްޓާފްރޫމް، އޮފީސް އަދި މިސްކިތަށް ފެންވައިރިންގ އަޅައި، މި ސްކޫލުގެ ނަރުދަމާގެ ނިޒާމު މަގުމަތީގައިވާ ނަރުދަމާގެ ނިޒާމާއި ގުޅައިދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 22 މޭ 2022 ވަނަ ދުވަހު ކުރި އިޢުލާން GS146/IUL/2022/09 އާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެ މަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2022 ޖޫން 07 ވާ އަންގާރަ ދުވަހުގެ 12:00 ށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތްތަކަށް ކުރިމަތިލެއްވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގުޅީ ސްކޫލް
ކ. ގުޅި / ދިވެހިރާއްޖެ
ފޯން: 6642512
އީ-މެއިލް: [email protected]
އެހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
29 ޝައްވާލް 1443