ދިވެހިރާއްޖެ
ގއ. ވިލިނގިލި / ރަންކޮކާގޭ ގޯތިތެރޭގައި އަމިއްލަ ތަކެތީގައި މެނިލާވިލާ ގެއެއް ޢިމާރާތް ކުރުމާ ބެހޭގޮތުން މިއިދާރާއިން ކުރި ނަންބަރު. IUL)241-A/INDIV/2014/09) އިޢުލާނާ ގުޅިގެން ހުށަހެޅުނު އަންދާސީހިސާބުތަކުގައި މަސައްކަތަށް ދެވުނު މަޢުލޫމާތު ފުރިހަމަކޮށްފައިނުވާތީއާއި، ލިޔުންތައް ބަލައިގަތުމުގައި ޢަމަލުކުރެވިފައިވާ ގޮތުން ބިޑު ކޮމިޓީން އަލުން މަސައްކަތް އިޢުލާންކުރުމަށް ނިންމެވުމާ ގުޅިގެން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު. IUL) 241-A/INDIV/2014/11) އިޢުލާނުގެ 2 ވަނަ ޕެރެގެރާފުގައި ލިޔުމުގެ ކުށަކުން ލައިބްރަރީއެއް ޢިމާރާތްކުރަން އެދޭ ވާހަކަ ލިޔެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ދެވޭ މަޢުލޫމާތާ އެއްގޮތަށް މި ގެ ޢިމާރާތް ކޮށްދެވިދާނެ ފަރާތްތަކުން 23 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ސެޕްޓެންބަރު 2014 ހޯމަ ދުވަހުގެ 13.30 އަށް އަންދާސީހިސާބު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތަކަށް ޕޮއިންޓް ދެވޭނެ ގޮތުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
- ހުށަހަޅާފައިވާ އަގަށް 65 ޕޮއިންޓް
- މަސައްކަތުގެ މުއްދަތަށް 15 ޕޮއިންޓް
- މާލީ ޤާބިލުކަމަށް 10 ޕޮއިންޓް
- މަސައްކަތުގެ ތަޖުރިބާއަށް 10 ޕޮއިންޓް (މިބަޔަށް ޕޮއިންޓް ލިބޭނީ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާ ކަމުގެ ލިޔުމެއް) ހުށަހަޅާފައިވާނަމައެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމުގައި މިދަންނަވާ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.
- ކުންފުންޏަކުން ކަމުގައިވާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ އަދި އަމިއްލަ ފަރާތަކުންނަމަ އައިޑީ.ކާޑުގެ ކޮޕީ،
- ކުންފުންޏެއްނަމަ އެންމެފަހުން ކުންފުނީގެ ފައިސާ ދެއްކި ރަސީދުގެ ކޮޕީ
- ޖީ.އެސްޓީ. ރަޖިސްޓަރީގެ ކޮޕީ
- ޕްރޮފައިލް
- ބެންކް ސްޓޭޓްމަންޓް
- ކުންފުންޏެއް ނަމަ އެންމެ ފަހުގެ އޯޑިޓް ރިޕޯޓު
- ސަޕްލައި ކްރިޑިޓް ގެރެންޓީ ލެޓަރ
މިދެންނެވި މަޢުލޫމާތު ފުރިހަމަ ނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަންނާނެ ވާހަކަ ވެސް ދެންނެވީމެވެ.
20 ޛުލްޤަޢިދާ 1435