ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/421/2022/24 |
ތާރީޚް |
28 ޝައްވާލުާ 1443 |
|
29 މެއި 2022 |
ޖަމާލުއްދީން ލައިބްރަރީގެ ކަރަންޓުވައިރިންގ،އަދި ފާޚާނާ ހެދުމުގެ މަސައްކަތް
ގދ.ވާދޫ ޖަމާލުއްދީން ލައިބްރަރީގެ ކަރަންޓު ވައިރިންގ އާއި ފާޚާނާގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ ސަރުކާރު ބަންދުނޫން ދުވަސްތަކުގައި 6840005 ނަންބަރު ފޯނަށް ގުޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.ބީލަމުގައި ރަޖިސްޓްރީ ނުވާފަރާތްތަކަށް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމުގައި ދަންނަވަމެވެ.އަދި ދަންނަވަމެވެ. މިކަމާގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.އެގޮތުން ރަޖިސްޓްރީވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތު ހިމެނޭގޮތަށް ރަޖިސްޓްރީވުމަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ނަން
- މަސްޢޫލުވާ ފަރާތުގެ ނަން
- ކުންފުނި / އިންވެސްވެސްޓްމަންޓް،ފަރުދުންގެ ވިޔަފާރީގެ ރަޖިސްޓްރީ ނަންބަރ
- އީމެއިލް އެޑްރެސް
- ގުޅޭނެ ފޯނުނަންބަރު
އަންދާސީ ހިސާބް ހުށަހެޅުން
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
06 ޖޫން 2022 |
ހޯމަ |
13:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި |
08 ޖޫން 2022 |
ބުދަ |
13:30 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް