މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވައުޗަރ ޕްރިންޓް ކުރުމަށް

ވައުޗަރ ޕްރިންޓް ކުރުމަށް ބޭނުންވެއްޖެ

މިމިނިސްޓްރީގެ ނަންބަރު: IUL)22-PU/1/2014/189) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

ސްކޫލް ކުދިންނަށް 2015 ވަނަ އަހަރަށް ބޭނުންވާ ސްޓޭޝަނަރީ ވައުޗަރ ޗާޕުކުރުމުގެ މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ 15 ސެޕްޓެންބަރު 2014 ވަނަ ދުވަހު އޮފީސް ހުޅުވާ ގަޑިއަށް ބަދަލު އައުމާ ގުޅިގެން މަޢުލޫމާތު ދެވިފައިނުވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު، އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 09 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

22 ސެޕްޓެންބަރު 2014 (ހޯމަ) ދުވަހުގެ 13:00 އަށް

25 ސެޕްޓެންބަރު 2014 (ބުރާސްފަތި) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

21 ޛުލްޤަޢިދާ 1435

16 ސެޕްޓެންބަރު 2014
ހޯދާ