މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށް އޮންލައިން މީޑިއާ ޕާޓްނަރެއް ހޯދުން

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ  

އަމީރުއަމީނުމަގު، ކ.ތުލުސްދޫ، ދިވެހިރާއްޖެ                                     

                                                 ނަންބަރ: (IUL)232-AG/232/2022/14

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް އޮންލައިން މީޑިއާ ޕާރޓްނަރ ހޯދުން

މާލެއަތޮޅު އަތޮޅު ކައުންސިލާއި މާލެއަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކާއި ރަށާއިގުޅޭ އިވެންޓްތަކާއި ޚަބަރު ފަދަ ކަންކަން އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައި އޮންލައިން މީޑިއާ ޕާރޓްނަރޝިޕް ދަށުން މަސައްކަތްކުރާނެ މީޑިޔާތަކެއް ހޯދުމަށް މިއިދާރާއިން ކުރި އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް، އޮންލައިން މީޑިޔާތަކެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީކުރުމާއި މަޢުލޫމާތު ދިނުން

ރަޖިސްޓްރީ ކުރުން: 2022 ޖޫން 02 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށް.

-  ރަޖިސްޓްރީކުރުމަށްޓަކައި މިއިޢުލާނާއެކުގައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކުރެއްވުން އެދެމެެވެ. ރަޖިސްޓަރ ކުރެވުނު ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް އެކަން އަންގާނެެއެވެ.

މަޢުލޫމާތު ދިނުން: ރަޖިސްޓްރީ ކުރައްވަމުން ގެންދަވާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދެވޭނެއެވެ.

-  އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ފޯނު ނަންބަރު 6644234 އަށް ގުޅުއްވުން އެދެމެވެ.

- މިމުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ބީލަން ހުށަހެޅުން

ސުންގަޑި: 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 10:00 އަށް

-  ސުންގަޑީގެފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

-  ބީލަންް އެވޯޑް ކުރުމުގައި މާރކްސް ދެވޭނެ މިންގަނޑުތައް މަޢުލޫމާތު ކަރުދާހުގައި ވާނެއެވެ.

-  ބީލަން ހުށަހަޅުއްވާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މާލެ އަށެވެ.

 

މިއިދާރާއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރިވެވޭނީ ނަންބަރ 6/2013 " ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނު" އާއި ނަންބަރ 18/2014 " ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު އަދި ނަންބަރ 19/2014  " އަމިއްލަ ފަރުދުންގެ ވިޔަފާރި" ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެގެން ޤަވާއިދުން ހިންގާ ވިޔަފާރިތަކަށެވެ.

 

28 ޝައްވާލް 1443

29 މެއި 2022

 

 

29 މޭ 2022
ހޯދާ