ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ރަތަފަންދޫ ކައުންސިލުގެ އިދާރާގެ ތިރީގައި މިދަންނަވާ މަސައްކަތް ކުރުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 30 ވާ އަންގާރަ ދުވަހުގެ 2:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 2:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދި، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު
01- ކައުންސިލުގެ އިދާރާގެ ފާޚާނާގެ މަތީޝީޓް ތަޅައި ނެގުމަށްފަހު އަލުން އެތާނގައި ކޮންކްރީޓް ޝީޓެއް އެޅުން.
02- ޢިމާރާތުގެ އެތެރެއާއި ބޭރުގެ ފާރުތަކުން ސިމެންތި ފައިބާފައިވާ ތަންތަނުގައި ސިމެންތި ހަރުލާވަރަށް ކޮށައި ސިމެންތިޖެހުން.
03- ޢިމާރާތުގެ އެތެރެއާއި ބޭރުގެ ފާރުތަކުގައި ކަނޑައިގެންގޮސްފައިވާ ރެނދު ބައްދައި އެއްވަރުކުރުން.
04- ޢިމާރާތުގެ އެތެރެއާއި ބޭރުގައި ކުލަޔާއި ދަވާދުލުން
މި މަސައްކަތް ކުރުމަށްޓަކައި އަންދާސީހިސާބު ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: 420/2014/36 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ، އެ އިޢުލާން ވަނީ ބާޠިލުކުރެވިފައެވެ.
21 ޛުލްޤަޢިދާ 1435