ކުޅުދުއްފުށީ ކެމްޕަސް/ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެމް.އެން.ޔޫ. ކުޅުދުއްފުށީ ކެމްޕަސް: 1 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށް ހިފުން
އިޢުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ހދ.ކުޅުދުއްފުށި ކެމްޕަހުގެ ބޭނުމަށް 01 ކޮޓަރީގެ އެޕަރޓްމެންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ކުއްޔަށް ހިފުމަން ބޭނުންވާ އެޕަރޓްމަންޓްގައި ހުންނަންޖެހޭ ޝަރުތުތައް ތިރީގައި މި ހިމަނާލަނީއެވެ.
- މިއީ މިކެމްޕަހުގައި މަސައްކަތްކުރައްވާ ލެކްޗަރަރ ހުންނެވުމަށް 12 މަސްދުވަހުގެ މުއްދަތަށް ކުއްޔަށްހިފާ ތަނެކެވެ.
- މި އެޕަރޓްމަންޓެއްގައި މަދުވެގެން 1 ކޮޓަރީގެ އިތުރުން ސިޓިންގ ރޫމަކާއި ބަދިގެއެއް ހުންނަން ޖެހޭނެއެވެ.
- އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މައިގަނޑު ފަރުނީޗަރާއި އެހެންނިހެން ސާމާނާއެކުގައެވެ. އޭގެތެރޭގައި ހިމެނެނީ އެނދާއި، އަލަމާރި، މޭޒު، ގޮނޑި، ގޮދަނޑި، ސިޓިން ރޫމް ގޮނޑި ސެޓް، ޓީވީ (ރެކާއެކު)، ދޮންނަމެޝިން، ކައްކާ ގޭސް، އުނދުން، ކާމޭޒު ގޮނޑިއާއެކު އެވެ. މީގެ އިތުރުންވެސް ބޭނުންހިފޭނޭ އިތުރު ސާމާނުހުރުމަކީ ޕޮއިންޓް ދިނުމުގައި ބެލޭނެ ކަމެކެވެ. އެޕާޓްމަންޓްގެ ބޭރަށް ހުންނަ ދޮރުތަކުގައި ޖާލީ ނުވަތަ ތޭރި ހުންނަންވާނެއެވެ. އަދި ހުންނަންވާނީ ވައިދައުރުވާނޭ ގޮތަށެވެ.
- މި އެޕަރޓްމަންޓްގައި ބޯފެން ނެގޭނެ އިންތިޒާމް ނުވަތަ ސަޕްލައިފެން ލިބެން ހުންނަންވާނެއެވެ. އަދި ފާޚާނާ ހުންނަންވާނީ އެމް.ޑަބްލިޔު.އެސް.ސީގެ ފާޚާނާ ނިޒާމާ ގުޅިފައެވެ.
- އެޕާޓްމަންޓް ކުއްޔަށް ދޫކުރަންވާނީ މަރާމާތެއް ކުރަން ހުރިނަމަ އެކަން ފުރިހަމަކުރުމަށްފަހުގައެވެ.
- އަގުހުށަހަޅާއިރު، އެޕާޓްމަންޓްގައި ހުރި މައިގަނޑުތަކެތީގެ ލިސްޓަކާއި، ފްލޯޕްލޭން ހުށަހަޅަންވާނެއެވެ.
މަސައްކަތާއި ގުޅިގެން ޕޮއިންޓްދެވޭނޭ އުސޫލުތައް:
ކުލި |
100% |
އަންދާސީ ހިސާބާއެކު ހުށައަޅަން ޖެހޭ ތަކެތި:
1- އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ އައިޑީ ކާޑު ކޮޕީ
2- އަންދާސީ ހިސާބު
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ 09:00 އަށް ހދ.ކުޅުދުއްފުށީ ކެމްޕަހަށް އެސްޓިމޭޓް ހުށައެޅުން އެދެމެވެ.
29 މޭ 2022
ހޯދާ