ދިވެހިރާއްޖެ
އިޢްލާން
ޑްރައިވިންގ ޓްރެކްގައި ހުރި ލައިޓް ޕޯސްޓް އަދި ގޭޓް މަރާމާތުކުރުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވާލުން
އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ކުރިއަށްގެންދިއުމަށް މިކައުންސިލްގެ ފަރާތުން އޭދަފުށީގައި ތައްޔާރުކޮށްފައިވާ ޑްރައިވިންގ ޓްރެކްގައިހުރި ލައިޓް ޕޯސްޓް އަދި ގޭޓް މަރާމާތުކުރުމުގެ މަސައްކަތް، މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2022/22 އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައިނުވާތީ އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، [email protected] އަށް، 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ފޮނުވަންވާނެއެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ ނަންބަރު 6602535 އަށް ގުޅުއްވުން އެދެމެވެ.