ދިވެހިރާއްޖެ
މެލޭޝިއާ ސަރުކާރުން އިންތިޒާމްކުރައްވައިގެން މިއަހަރު އޮކްޓޫބަރު މަހުގެ 17 އިން 22 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 62 ވަނަ "އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ޤައުމީ މުބާރާތަކުން ވަނައެއް ލިބިފައިވާ (1) އަންހެން އަދި (1) ފިރިހެން ކެނޑިޑޭޓަކަށެވެ.
މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު
1- މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައި ވާނަމަ ބައިވެރިވި ފަހުން 3 އަހަރު ހަމަވެފައިވުން
2- މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
3- 17 އޮކްޓޫބަރު 2022 ށް 13 އަހަރު ފުރިފައިވުން.
4- ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށް ކިޔަވަން އެނގުން.
5- ދިވެހިރައްޔިތެއް ކަމުގައިވުން.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޝަރުޠު ހަމަކުރުމަށް ބޭނުންވާ ލިޔުންތައް 09 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ "[email protected] " އަށް މެއިލް ކުރެއްވުން އެދެމެވެ.
މި މުބާރާތުގައި ބައިވެރިކުރާނެ ބައިވެރިއަކު ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.