ދިވެހިރާއްޖެ
އިޢުލާން
1443 ވަނައަހަރުގެ ޙައްޖަށްދިއުމަށް އާއްމުންނަށް ހުޅުވާލެވޭ 100 ކޯޓާއަށް ކުރިމަތިލުމުގެ ފުރުރުޞަތު ހުޅުވާލުން
1443 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްނުން މިކުންފުންޏަށްވަނީ ހަވާލުކޮށްފައެވެ. މިކޯޓާގައި ޙައްޖަށްދާނެ ފަރާތްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކުގެމެދުގައި އާންމުކޮށް ހުޅުވާލައިގެން ނެގޭ ގުރުއަތަކުންނެވެ. މިގޮތުން ނެގޭ ގުރުއަތުގައި 100 ޖާގައަށް މީހުންނެގޭނެއެވެ. އަދި ވެއިޓިންގ ކިއޫ އެއްގެ ގޮތުގައި އިތުރު 25 ޖާގައަށް މީހުން ނެގޭނެއެވެ. ފުރަތަމަ 100 ޖާގައަށް ނެގޭ ފަރާތްތަކުގެ ތެރެއިން ފަރާތަކަށް އެއްވެސް ސަބަބަކާހުރެ ޙައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ ވެއިޓިންގ ކިއޫ ތަރުތީބުން ޖާގަދެމުން ގެންދެވޭނެއެވެ. ގުރުއަތުން ހޮވޭ ފަރާތުގެ ޖާގަ އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެއެވެ. އަދި ފައިސާދެއްކުމަށް ކަނޑައެޅޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެފަރާތެއްގެ ޖާގަ ގެއްލޭނެއެވެ. މި 100 ކޯޓާގައި ހައްޖަށް ގެންދިއުމަށް ކަނޑައެޅިފައިވާ އަގަކީ 76,960.00 ރުފިޔާއެވެ. މި ކޯޓާގައި ޙައްޖަށް ދިއުމަށް ގުރުއަތުން ހޮވުނުކަން އަންގާ ތާރީޚުން ފެށިގެން ގިނަވަގެން 3 ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭނެ އެވެ.
- މި ކޯޓާގެ ދަށުން ކުރިމަތިލާ ފަރާތްތަކުގެ އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- ފަރުޟު ޙައްޖު އަދާކޮށްފައިވާ ފަރާތެއްކަމުގައި ނުވުން
- 15 ޖޫން 2022 އަށް އުމުރުން 65 އަހަރު ފުރިފައިވާ ފަރާތެއްކަމުގައި ނުވުން
- ކޯވިޑް ވެކްޝިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން
- މިކޯޓާގެ ދަށުން ކުރިމަތިލުމަށް 2 ކެޓަގަރީއެއް ވަނީ ކަނޑައެޅިފައެވެ. ކޮންމެ ފަރާތަކަށްވެސް ކުރިމަތިލެވޭނީ ކޮންމެވެސް އެއް ކެޓަގަރީއަކަށެވެ.
- އެއްބޭފުޅެއްގެ ކެޓަގަރީ
- ދެބޭފުޅުންގެ ކެޓަގަރީ : މި ކެޓަގަރީއަށް ކުރިމަތިލެވޭނީ އުމުރުން 45 އަހަރު ނުފުރޭ އަންހެން ބޭފުޅުންނާއި، ދެމަފިރިންނާއި، ބަލިހާލަތު ހުރިގޮތުން އެކަނި ޙައްޖުގެ އަޅުކަން އަދާ ނުކުރެވޭ ފަރާތްތަކަށެވެ.
ވީމާ، މަތީގައިވާ ގޮތުގެ މަތިން 1443 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އާއްމުންނަށް ޚާއްސަ ކުރެވިފައިވާ 100 ކޯޓާއަށް ކުރިމަތިލުމަށް މިކޯޕަރޭޝަންގެ މެމްބަރުންނަށާއި އާންމުންނަށް އާންމުކޮށް ހުޅުވާލަމެވެ. މިކަމަށް ކުރިމަތިލުމަށް އެދޭ ފޯމުhttp://mhcl.mv/images/pdf/100%20quota%20for%20citizens.pdf އިން ލިބިވަޑައިގަންނަވާނެއެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 މެއި 2022 އިން 2 ޖޫން 2022 އަށް ކޮންމެ ދުވަހަކު 13:00 އިން 18:00 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާނަމަ 2 ޖޫން 2022 ގެ 18:00 ގެ ކުރިން މިކުންފުނީގެ އީމެއިލް [email protected] އަށް ފޮނުވުމަށް ދަންނަވަމެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ނަމްބަރ 3011000 އަށެވެ.
ހުށަހަޅަންވީ ތަކެތި
- އެޕްލިކޭޝަން ފޯމް
- ހުށަހަޅާ ފަރާތްތަކުގެ އައި.ޑީ ކާޑް ކޮޕީ
- ދެމަފރިން އެކުގައި ފޯމް ހުށަހަޅާނަމަ ކައިވެނީގެ ސެޓްފިކެޓް ކޮޕީ
- ބަލިހާލަތު ހުރިގޮތުން އެކުގައި ދާން އިތުރު ފަރާތެއް ހަމަޖައްސަން އެދޭނަމަ، އެކަނި އަޅުކަން އަދާ ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާ ޑޮކްޓަރުގެ ލިޔުން (މި ލިޔުން ވާންވާނީ ދޫކުރިތާ 3 މަސްނުވާާ ލިޔުމަކަށް)
- މަޙްރަމަކާއެކު ފޯމް ހުށަހަޅާނަމަ މަޙްރަމެއްކަން އަންގައިދޭ ލިޔުން
- ކޯވިޑް ވެކްސިން ކާޑުގެ ކޮޕީ