ދިވެހިރާއްޖެ
މިކޯޓުން ނަގާފައިވާ ބާތަކެތީގެ ނީލަން ކިޔުން
މިކޯޓުން ނަގާފައިވާ ބާތަކެތީގެ ނީލަން ކިޔުމަށް 23 މެއި 2022 ވާ ހޯމަ ދުވަހު 10:00 ގައި ބޭއްވުނު ނީލަމުން ނުވިކި ހުރި ތަކެތި ނީލަން ކިޔުން 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި މިކޯޓު ކުރިމަތީގައި އޮންނާނެއެވެ.
މިނީލަމުގައި ވީހައި ގިނަ ފަރާތްތަކަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ.
ނީލަމުން ނަންގަވާ ތަކެތީގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. ނީލަމަށް ވަޑައިގަންނަވާ ފަރާތްތަކުން ވަޑައިގަންނަވާނީ މިކޯޓަށެވެ. ނީލަން ކިޔާ ތަކެތީގެ ތަފްސީލް ލިސްޓް ތިރީގައި އެވަނީއެވެ.
ނީލަމުން ނަންގަވާ ތަކެތި 06 ޖޫން 2022 ދުވަހުގެ 18:00 ގެ ކުރިން ކުރިން ގެންދަވަން ވާނެއެވެ. އެ މުއްދަތުގެ ތެރޭގައި ނުގެންދަވާ ތަކެތި މިކޯޓުގެ ފަރާތުން އަލުން އިއުލާންކޮށް ނީލަން ކިއުން ނުވަތަ ކުނީގެ ގޮތުގައި ނައްތައި ލެވޭނެއެވެ.
ޢަދަދު | ތަފްޞީލް | ނީލަންފެށޭ އަގު (ރ) | ފަހަރަކު އިތުރުކުރެވޭނެ އެންމެ ދަށް އަގު (ރ) |
1 | އެއަރކޯން (ނިކާއި ) 18000 ބީޓީޔޫ | 1,745.00 | 100.00 |
1 | އެއަރކޯން (ނިކާއި ) 18000 ބީޓީޔޫ | 1,745.00 | 100.00 |
2 | ޔޫޕީއެސް | 160.00 | 10.00 |
1 | ޔޫޕީއެސް | 85.00 | 5.00 |
1 | ފޮޓޯކޮޕީމެޝިން | 200.00 | 10.00 |
2 | ބެންޗްގޮނޑި | 650.00 | 10.00 |
11 | ޕްލާސްޓިކް ގޮނޑި | 6.00 | 1.00 |
2 | އެއަރކޯން | 1,745.00 | 100.00 |
1 | އެގްޒެކްޓިވްޓޭބަލް | 2,945.00 | 100.00 |
2 | ބައިސްކަލް | 320.00 | 50.00 |
26 މެއި 2022