މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެޑްވަޓައިޒިންގ އޭޖެންސީއެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އެޑްވަޓައިޒިންގ އޭޖެންސީއެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 23 ސެޕްޓެންބަރު 2014، އަންގާރަ ދުވަހުގެ ހެނދުނު 11:00

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މީޓިންގރޫމް

އަންދާސީހިސާބު ބަލައިގަތުން

ތާރީޚު: 30 ސެޕްޓެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ މީޓިންގރޫމް

މި މަސައްކަތުގެ މަސްއޫލިއްޔަތުތަކާއި، ޒިންމާތައް ހިމެނޭ ޓަރމްސް އޮފް ރެފަރެންސް www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3309908 އާ ގުޅުއްވުން އެދެމެވެ.  އަދި އީމެއިލުންނަމަ [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

20 ޛުލްޤަޢިދާ 1435

15 ސެޕްޓެންބަރު 2014
ހޯދާ