ދިވެހިރާއްޖެ
މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ކ.ގާފަރު، ދިވެހިރާއްޖެ ނަމްބަރ:331/331/2022/53(IUL)
އިޢުލާން
ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު
މި ކައުންސިލްގެ އިދާރާގެ ލޯގޯ އަދި ދިދަ ފަރުމާކޮށް ހުށަހެޅުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ލިބިފައިވާ ހުށަހެޅުންތައް އިވެލުއޭޓް ކުރުމަށް ބޭއްވުނު ބައްދަލުވުންތަކުގައި ލޯގޯ އަދި ދިދަ ފާސްކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމަވާފައިވަނީ އިތުރު ލޯގޯތަކެއް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށެވެ. އަދި އިތުރަށްލިބޭ ލޯގޯތަކާއި މިހާރު ލިބިފައިވާ ލޯގޯތަކާއިއެކު އިވެލުއޭޝަން ކުރިއަށް ގެންދިއުމަށެވެ. ކުރިން ކުރެވުނު އިޢުލާނާއި ގުޅިގެން ލޯގޯ ހުށަހެޅި ފަރާތްތަކަށްވެސް އައު ލޯގޯ ތަކެއް ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވެއެވެ. އެއްވަނައަށް ހޮވޭ ލޯގޯއަކަށް 10000ރ (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން 05 ޖޫން 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން ލޯގޯ ފަރުމާ ކުރެއްވުމަށްފަހު މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.