ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ "މަސްމާރުކޭޓު" ޢިމާރާތުގެ ފުރަތަމަ ފަންގިފިލާ ކުއްޔަށް ދޫކުރުން

އިއުލާން

ނިލަންދޫ " މަސްމާރުކޭޓު "އިމާރާތުގެ ފުރަތަމަ ފަންގިފިލާ ކުއްޔަށް ދޫކުރުން:

ނިލަންދޫ މަސްމާރުކޭޓުގެ ފުރަތަމަ ފަންގިފިލާ މަހަކު -/ 2000 (ދެހާސް ) ރުފިޔާއަށްވުރެ ކުޑަ ނޫން އަގަކަށް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ މިއިމާރާތުގެ ފުރަތަމަ ފަންގިފިލާ ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވާ ބޭފުޅުން 2022 ޖޫން  05  ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅަން ހަމަޖައްސާފައިވާ ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " މަސްމާރުކޭޓު އިމާރާތުގެ ފުރަތަމަ ފަންގިފިލާ  ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

26 މޭ 2022
ހޯދާ