ދިވެހިރާއްޖެ
ވަނަ އަހަރު މި ސްކޫލަށް ދަރިވަރުން ވެއްދުމާއި ގުޅޭ
2023-2022 ވަނައަހަރު މި ސްކޫލުގެ އެލް.ކޭ.ޖީ، ޔޫ.ކޭ.ޖީ އަދި ގްރޭޑް 1 އަށް ދަރިވަރުން ވެއްދުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުފުޞަތު ހުޅުވާލައި ކުރި މި ސްކޫލުގެ ނަމްބަރ: GS184/IUL/2022/001 (25 މޭއި 2022) ގެ އިޢުލާނުގައި ލިއުމުގެ ކުށެއްވާތީ އެ އިޢުލާނު ބާތިލުކޮށް އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިމިވާ ތާވަލާ އެއްގޮތަށެވެ.
ގުރޭޑް |
2022-2023 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ |
އެލް. ކޭ. ޖީ |
2022 ވަނަ އަހަރު ޖުލައި 31 އަށް 4 އަހަރުފުރި 5 އަހަރު ނުފުރޭ ދަރިވަރުން |
ޔޫ. ކޭ. ޖީ |
އެލް. ކޭ. ޖީ ފުރިހަމަކޮށް، 2022 ޖުލައި 31 އަށް 5 އަހަރު ފުރި، 6 އަހަރު ނުފުރޭ ދަރިވަރުން |
ގްރޭޑް 1 |
2 އަހަރުގެ ޕްރީސްކޫލް ޕްރޮގުރާމް ފުރިހަމަކޮށް 2022 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން. |
ވީމާ، 2022 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ''2022-2033 ވަނަ އަހަރު އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވައްދަން އެދޭ ފޯމް'' ފުރިހަމަކުރުމަށްފަހު ފޯމާއިއެކު ހުށައަޅަންޖެހޭ ތަކެއްޗާއެކު މި ސްކޫލުގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމު ސްކޫލުގެ އިދާރާއިން 2022 މެއި 25 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރުފަހު 14:00 އާއި ދެމެދު، ލިބެން ހުންނާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.