އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ކޮންސްޓްރަކްޝަން ސުޕަވައިޒްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅޭ (މަޢުލޫމާތު އަދި ތާރީޙަށް ބަދަލުގެނެވިފައި)

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުޅުމާލޭގައި އަލަށް އިމާރާތްކުރުމަށް ބޭނުންވާ ޢިމާރާތުގެ ކޮންސްޓްރަކްޝަން ސުޕަވައިޒް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2022/59 (12 މެއި 2022) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުން 2022 ޖޫން 8 ވާ ބުދަ ދުވަހުގެ 11:00 އަށް ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ބީލަމުގެ ރިކުއެސްޓް ފޯރ ޕްރޮޕޯރސަލް އާ ގުޅޭ ގޮތުން ލިބިފައިވާ ސުވާލުތަކުގެ ޖަވާބާއި ރިކުއެސްޓް ފޯރ ޕްރޮޕޯސަލް ގައި ހިމެނޭ ބައެއް މައުލޫމާތަށް ގެނެވިފައިވާ ބަދަލުތައް މި އިއުލާނާއެކު ހިމަނާފައިވާނެއެވެ.

ވީމާ، ބީލަން ހުށަހެޅުއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  2022 ޖޫން 8 ވާ ބުދަ ދުވަހުގެ 11:00 އަށް މި އޮފީހަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހަޅުއްވާ ދުވަހުގެ 11:00 ގެ ފަހުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ. އަދި ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 8 ވާ ބުދަ ދުވަހުގެ 11:00 ގައި، މި މަސައްކަތަށް ބީލަން ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2022 ޖޫން 5 ވާ އާދީއްތަ ދުވަހުގެ 16:00 ގެ ކުރިން، [email protected]    އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

25 މޭ 2022
ހޯދާ