ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
އެމް.ޑަބްލިޔޫ.އެސް.ސީ ރ.ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި ސެކިއުރިޓީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން
މިކުންފުނިން ކުރި އިޢުލާން ނަންބަރު MWSC-61/ADV/2014/068 ގެ ދަށުން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށްފެންނާތީ އެހުށަހެޅުންތައް ބާޠިލުކޮށް، އަލުން މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތްވާގޮތުގެ މަތިން އެމް.ޑަބްލިޔޫ.އެސް.ސީ ރ.ދުވާފަރު އޮޕަރޭޝަން ސެންޓަރުގައި ސެކިއުރިޓީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން އިޢުލާންކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 23 ސެޕްޓެންބަރު 2014 ދުވަހުގެ 11:30 އަށް ރ.ދުވާފަރު އެމް.ޑަބްލިޔޫ.އެސް.ސީ ފްރަންޓް އޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.
އަދި އަގު ހުށަހެޅުން އޮންނާނީ 28 ސެޕްޓެންބަރު 2014 ވާ ދުވަހުގެ 11:30 ގައި ރ.ދުވާފަރު އެމް.ޑަބްލިޔޫ.އެސް.ސީ ފްރަންޓް އޮފީހުގައެވެ. އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް