ދިވެހިރާއްޖެ
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން މިއަހަރު ލޯންޗުކުރުމަށް ހަމަޖެހިފައިވާ "ޓޫރިޒަމް ގްރީން އެވޯޑު" ގެ ލޯގޯއެއް ފަރުމާކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)88-IIHR/1/2014/17) ގެ އިޢުލާނު ބާޠިލުކޮށް މިމަސައްކަތް ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ބިޑު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިމަސައްކަތާގުޅޭ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތަށް ބިޑު ހުށަހެޅުއްވުން އެދެމެވެ. ޓާރމްސް އޮފް ރިފަރެންސް މިނިސްޓްރީއާއި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބިޑު ހުށަހެޅުއްވުމަކީ އެދެވިގެންވާ ކަމެކެވެ.
ޓޫރިޒަމް އެޑެޕްޓޭޝަން ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް ޓޫރިޒަމް
ހ. ވެލާނާގެ ، 5ވަނަ ފަންގިފިލާ
އަމީރުއަޙުމަދުމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 3224 332332، ފެކްސް 2512 332
މެއިލް:[email protected]
ވެބްސައިޓް:www.tourism.gov.mv