ކެލާ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެމްބިއުލާންސްގެ ބައެއް މަރާމާތުތައް ކުރުމާއި އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން


މިމަރުކަޒުގައި ބޭނުންކުރަމުންދާ އެމްބިއުލާންސް މަރާމާތު ކުރުމަށް 10 ޖުލައި 2014 ވަނަ ދުވަހުކުރި މިމަރުކަޒުގެ ނަންބަރުު: A8-SM/2014/03 އިޢުލާން ބާޠިލުކޮށް، އަލުން މިދަންނަވާ މަރާމާތުކޮށް އިންޖީނު އޯވަރހޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އެމްބިއުލާންސްގެ ތަފުސީލު:

މޮޑެލް ނަންބަރު:

GC-KR42V-SRMDE

ޗެސިސް ނަންބަރު:

KR42-0058172

އިންޖީނު/ މޯޓަރު އުފެއްދި ކުންފުނި:

TOYOTA

އިންޖީނު/ މޯޓަރ ސީރިލއަލް ނަންބަރު:

7K-0395731

އިންޖީނު/ މޯޓަރ ކެޕޭސިޓީ:

1781.000

ބާވަތް:

B1

ހަކަތައިގެ ބާވަތް:

PETROL

އުފުލޭ މީހުންގެ އަދަދު:

05

ކުރަންހުރި މަރާމާތުތަކުގެ ތަފުސީލު:

  1. އެމްބިއުލާންސްގެ މަތީގައި ދަބަރުޖަހާފައިވާތީ ދަބަރު ކަހައި ސްޕްރޭކުރުން.
  2. އެމްބިއުލާންސްގެ ދަށުގައި ދަބަރުޖަހާފައިވުމުން ދޮވެ ސާފުކޮށް ދަބަރު ކަހައި ސްޕްރޭކުރުން.
  3. ވެހިކަލްގެ ބޮޑީގެ ބައެއް ތަންތަން ބަނޑިވެފައިވާތީ ބަނޑި ފިލުވައި ސްޕްރޭކުރުން.
  4. އެމްބިއުލާންސްގެ ސައިރަން ސައުންޑް ސިސްޓަމެއް ހަރުކުރުން
  5. ވިންޑްސްކްރީން ނައްޓާލައި، އާ ވިންޑްސްކްރީނެއް ހަރުކުރުން
  6. މިހާރު ހުރި ފުރޮޅުތަކުގެ ތަށިގަނޑުގައި ދަބަރުޖަހާފައިވާތީ، ދަބަރު ކަހައި ސްޕްރޭކުރުން.
  7. ޑުރައިވަރު އިންނަ ގޮނޑީގެ ކަވަރު ބަދަލުކުރުން
  8. އެމްބިއުލާންސްގެ އެތެރޭގެ ލައިޓް ބަދަލުކުރުން
  9. އެއަރކޯންގެ ފިލްޓަރ ބަދަލުކުރުން.
  10. އިންޖީނު އޯވަރހޯލްކުރުން.

މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 28 ސެޕްޓެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ކެލާ ޞިއްޙީމަރުކަޒުގައެވެ. އަންދާސީހިސާބު ހުށަހެޅުމަށާއި، މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއެކު ފޮނުވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިމަރާމާތުތައް ކޮށްދެއްވުމަށް އެދި ވަޑައިގަންނަވާ ފަރާތްތަކުން 02 އޮކްޓޫބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިމަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ