މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައްދޫ މެޓްއޮފީހުގެ މަރާމާތުތައް ކުރުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ.
ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކައްދޫ މެޓްއޮފީހުގެ ތިރީގައި މިވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.
- އޮފީހުގެ ބޮޑު ދޮރު ބަދަލުކުރުން.
- އޮފީހުގެ ކުޑަ ދޮރުތައް ބަދަލުކުރުން.
- އެޑްމިން ބަޔާއި ސައިކޮޓަރި އަދި ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.
- ގުދަނުގެ ދޮރުފަތް ބަދަލުކުރުން.
- އޮފީހުގެ ސީލިންގ މަރާމާތު ކުރުން.
- އިމާރާތުގައި ކުލަޔާއި ދަވާދުލުން.
- އޮފީހުގައި ހަރުކޮށްފައިވާ 1 ފެންލައިޓް ނެގުމާއި ފާރުގައިވާ އިލެކްޓްރިކަލް 4 ސްވިޗް ބަދަލުކުރުން.
- ސައިކޮޓަރީގައި ސިންކް ހަރުކުރުމާއި ފާރުގެ ބައެއްގައި މުށިޖެހުން.
- އެގްޒޯސްޓް ފޭނެއް ހަރުކުރުން.
ވީމާ، މަތީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކައްދޫ މެޓްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައްދޫ މެޓްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.
23 ޛުލްޤަޢިދާ 1435
18 ސެޕްޓެންބަރު 2014
ހޯދާ