ދިވެހިރާއްޖެ
އިޢުލާން
(IUL)307/INDIV/2022/35 :ނަންބަރު
ޢިމާރާތް ކުއްޔަށް ދޫކުރުމާއިގުޅޭ:
މިކައުންސިލްގެ ބެލުމުގެ ދަށުން އިންނަމާދޫ އުތުރު ސަރަހައްދުގައިހުރި އިމާރާތް، ކެފޭ ހިންގުން ނުވަތަ އާއްމުވިޔަފާރިއެއް ހިންގުމަށްޓަކައި ކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމަވާފައެވެ.
ވީމާ، މިއިމާރާތް ކުއްޔަށް ނަގަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިގަތުން އޮންނާނީ 2022 ޖޫން 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:15 ގައެވެ. އަންދާސީ ހިސާބުތައް ބަލައިގަތުމަށްފަހު ހަމަ އެގަޑީގައި އަންދާސީ ހިސާބުތައް ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އަންދާސީ ހިސާބުތައް ކެނޑުން ބޭއްވޭނެއެވެ. އަންދާސީ ހިސާބުތައް ބަލާއިރު މަޢުލޫމާތު ސާފުކުރި ފަރާތަށް ދޫކުރެވޭ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާ އަންދާސީ ހިސާބުތައް ނޫނީ ބަލައެއް ނުގަނެވޭނެއެވެ. އަދި ކަނޑައެޅިފައިވާ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަމިއްލަ ވިޔަފާރި ނުވަތަ ކުންފުނި ރަޖިސްޓްރީކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.