ދިވެހިރާއްޖެ
އިޢުލާން
2 ކޮޓަރީގެ އެޕާރޓްމެންޓެއް ކުއްޔަށްހިފުމާއި ބެހޭ:
މި ހޮސްޕިޓަލުގެ ބޭނުމަށް 02 ކޮޓަރީގެ އެޕާރޓްމެންޓެއް 02 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 މެއި 2022 ވާ ބުދަދުވަހުން ފެށިގެން 01 ޖޫން 2022 ވާ ބުދަދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީކުރެވިފައިވާ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލްކުރެއްވުންއެދެމެވެ.
މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމެންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.
މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 5 ޖޫން 2022 ވާ އާދިއްތަ ދުވަހުގެ 13:00ގައި ހޮސްޕިޓަލުގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.