ދިވެހިރާއްޖެ
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލް ޕްލާޒާ ސަރަޙައްދުގައި "ވެލްނަސް ސެންޓަރެއް" ތަރައްޤީކޮށް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެލްނަސް ސެންޓަރެއް ތަރައްޤީކޮށް އެތަން ހިނގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ދަޢުވަތު ދިނުމުގެ ގޮތުން މިކުންފުނިން 30 ޖޫން 2014 ވަނަ ދުވަހު ކުރި، CMS/IL/2014/64-ފ116 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
1. ވެލްނަސް ސެންޓަރ ހިންގުމަށް ދޫކުރެވޭ ތަން
ވެލްނަސް ސެންޓަރ ތަރައްޤީކޮށް ހިންގުމަށް ދޫކުރެވޭ ތަނަކީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް ޓަރމިނަލްގެ ޕްލާޒާ ސަރަޙައްދުގައި ހުރި ގާތްގަނޑަކަށް 138.1 އަކަމީޓަރުގެ ޖާގައެވެ.
2. ބީލަން ހުށަހަ ޅާފަރާތްތަކުގައި ހުރުން ލާޒިމް ޝަރުޠުތައް
އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ 1 ޖަނަވަރީ 2010 ގެ ކުރިން ރަޖިސްޓަރީކޮށްފައިވާ އަދި މިހާރުވެސް ވިޔަފާރި ކުރަމުންދާ ލިމިޓެޑް ލައިބިލިޓީ ކުންފުންޏެއް ކަމުގައިވާންވާނެއެވެ.
3. ބީލަންފޮތް ލިބޭނެގޮތް
ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ ބީލަން ފޮތެއް 21 ސެޕްޓެންބަރު 2014 އިން 25 ސެޕްޓެންބަރު 2014ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 15:30 އާ ދެމެދުގެ ވަގުތުތަކުގައި މިކުންފުނީގެ ކޮމާޝަލް އެންޑް މާރކެޓިންގ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ (މެޓް އޮފީހުގެ ދެކުނު ފަރާތުގައިވާ އިމާރާތުން) އިން ގަންނަަން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/2،000 (ދެހާސް) ރުފިޔާއެވެ.
ބީލަން ފޮތް ވިއްކުމަށްފަހު އެފައިސާ އަނބުރައެއް ނުދެވޭނެއެވެ. ބީލަން ފޮތް ގަންނަންވާނީ ވެލްނަސް ސެންޓަރ ހިންގަން އެދި ބީލަން ހުށަހަޅާ ކުންފުނީގެ ނަމުގައެވެ. ބީލަންފޮތް ވިއްކާނީ ގަންނަން އެދޭކަމުގެ ސިޓީ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ފޮތުގެ އަގު ނަގުދު ފައިސާއިން މިކުންފުންޏަށް ހުށަހެޅުމުންނެވެ.
4. ޕްރީބިޑް ބައްދަލުވުން (މަޢުލޫމާތު ދިނުމުގެ ބައްދަލުވުން)
ބީލަން ހުށަހެޅުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށް 28 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ 10:00 ގައި ޕްރީބިޑް ބައްދަލުވުމެއްް މި ކުންފުނީގެ ކޮމާޝަލް އެންޑް މާރކެޓިންގ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގެ މީޓިންގރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ގަންނަ އެންމެހައި ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާކަމެކެވެ.
5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން
ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 19 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 10:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 އޮކްޓޫބަރު 2014 ވަނަ ދުވަހުގެ 10:15 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ހަފުލާގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުށަހަޅަންޖެހޭ ދުވަހަށް ނުވަތަ ތަނަށް ބަދަލެއް އަތުވެއްޖެނަމަ 19 އޮކްޓޫބަރު 2014 ގެ ކުރިން މި ކުންފުނިން ބީލަންފޮތް ގަނެފައިވާ އެންމެހައި ފަރާތްތަކަށް އަންގާނެއެވެ.
6. ބީލަން ގަތުމާއި ހުށަހެޅުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ކޮމާޝަލް އެންޑް މާރކެޓިންގ
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ހުޅުލެ 22000
ދިވެހިރާއްޖެ
ފޯން: 3325511 960+, 3337188 960+ 3337170 960+
އީ-މެއިލް: [email protected]