ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. އަތޮޅު ހޮސްޕިޓަލުގެ ބޭނުމަށް 2 އަހަރުދުވަހުގެ މުއްދަތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ކުއްޔަށް ހިފުން

މިހޮސްޕިޓަލްގެ ބޭނުމަށް 02 ކޮޓަރީގެ އެޕާރޓްމަންޓެއް 02 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.    

            ވީމާ މިކަމަށް ޝަވްޤުވެރިވާ  ފަރާތްތަކުން 24 މެއި 2022 ވާ ހޯމަ ދުވަހުން ފެށިގެން 31 މެއި 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

            މި އިޢުލާނާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 05 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ބ. އަތޮޅުހޮސްޕިޓަލުގައެވެ.  
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 01 ޖޫން 2022 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6600260 އަށް ގުޅުއްވުން އެދެމެވެ.

24 މޭ 2022
ހޯދާ