ވަޒީފާގެ ފުރުސަތު
|
ނަންބަރު: S5C-A/2014/05
|
ތާރީޚު:15 ސެޕްޓެންބަރު 2014
|
މަޤާމު:
|
ކޯޓް އޮފިސަރ (މިއީ ދާއިމީ މަޤާމެކެވެ.)
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1
|
ރޭންކް:
|
ޖީ.އެސް 3
|
އަސާސީ މުސާރަ:
|
-/4،465 ރުފިޔާ
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: -/1،500 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25 އަށްވާ ފައިސާ
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން"ސީ" ލިބިފައިވުން.
- މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:
|
- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނާއި ކޯޓުން ކުރަންޖެހޭ މުޢާމަލާތްކުރުން.
- ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކޯޓަށް ހާޒިރުކުރެވޭ މީހުންނަށް ޝަރީޢަތުގެ މަޖިލީހުގެ ޤަވާޢިދުތަކާއި ސުލޫކު ބަހައްޓަންވީގޮތް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވާ ފަރާތްތަކަށް ބުނެދިނުން.
- ޝަރީޢަތުގެ މަޖިލީހުގެ އިދާރީ އިންތިޒާމް ފުރިހަމަކުރުން.
- ޝަރީޢަތުގެ މަޖިލީހުގައި ނުވަތަ ކޯޓުގެ ތެރޭގައި މެޖިސްޓްރޭޓަކަށް ނުވަތަ ކޯޓަށް ހާޒިރުކޮށްފައިވާ ފަރާތަކަށް ނުރައްކަލެއް ކުރިމަތިވާ ޙާލަތުގައި އެކަމުގެ ދިފާޢުގައި އިސްވެ ހަރަކާތްތެރިވުން.
- ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން.
- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ/އިދާރީ ރިޕޯރޓްތައް ތައްޔާރުކުރުން.
- ކޯޓުން ބަލަހައްޓަންޖެހޭ ޝަރުޢީ/އިދާރީ ރެކޯރޑްތައް ފުރިހަމަކޮށް ބެލެހެއްޓުން.
- ކޯޓުން ތައްޔާރުކުރަންޖެހޭ ޝަރުޢީ އަމުރުތައް ތައްޔާރުކުރުން.
- ކޯޓުން ރައްޔިތުންނަށްދޭ ޢާންމު ޚިދުމަތްތަކާ ގުޅިގެން އިދާރީ މަސައްކަތްކުރުން.
- ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދޭ ފޯމް (މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ)
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އިންޓަވިއުއަށް ހާޒިރުކުރާއިރު، ސެޓްފިކެޓްތައް އަސްލާ އެއްގޮތްތޯ ބެލޭނެއެވެ.)
- ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑު ކޮޕީ.
- ވަޒީފާ އެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަޤާމު:
|
އޮފީސް އެސިސްޓެންޓް ( މިއީ ދާއިމީ މަޤާމެކެވެ.)
|
ބޭނުންވާ އަދަދު:
|
1
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް 2
|
ރޭންކް:
|
SS2
|
އަސާސީ މުސާރަ:
|
-/3،470 ރުފިޔާ
|
އެލަވަންސްތަކާއި ޢިނާޔަތްތައް:
|
- ސަރވިސް އެލަވަންސް: 1000.00 ރުފިޔާ
- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %25
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.
|
އަސާސީ ޝަރުޠު:
|
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެނގުން.
|
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:
|
- ސަރަހައްދުގެ މީހުންނާ ހަވާލުކުރަންޖެހޭ ކޯޓް އަމުރުތައް ރައްދުކޮށްދިނުން.
- ސަރަހައްދުގެ ތަންތަނަށް ރައްދުކުރަންޖެހޭ ތަކެތި ރައްދުކުރުން.
- އެ ސަރަހައްދުގެ ފިހާރަތަކުން ގަންނަންޖެހޭ ތަކެތި ގަތުމާއި، ހޯދަންޖެހޭ އަގުތައް ފިހާރަތަކަށް ހޯދުން.
- ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމަށާއި ބޭންކަށް ރައްދުކުރަންޖެހޭ އެހެނިހެން ތަކެތި ރައްދުކުރުމަށް ބޭންކަށް ދިއުން.
- ޙައްދުޖެހުމާއި ތަޢުޒީރުކުރުން.
- ދިދަ ނަގައި ދިދަ ތިރިކުރުން.
- ކޯޓުގެ އިދާރީ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
|
|
ނޯޓް:
- މި މަޤާމަށްކުރިމަތިލާ ފަރާތްތައް 10 ފަރާތަށްވުރެ ގިނަވެއްޖެނަމަ، އިންޓަވިއުއަށް ހޮވޭނީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައިގެން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާއަށް ދެވޭ މާކްސްތަކުން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތެވެ.
- މި އިޢުލާނުގައިވާ އޮފީސް އެސިސްޓެންޓްގެ މަޤާމަކީ މި ކޯޓުގެ ނަންބަރު: S5C-2014/04 އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް މީހުން ވަޒީފާއަށް އެދި ހުށަހަޅާފައިނުވާތީ، އިޢުލާނު ބާޠިލުކޮށް އަލުން ކުރެވޭ އިޢުލާނެކެވެ.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދޭ ފޯމް (ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެ)
- ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑު ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން.
|
ސުންގަޑި:
|
2014 ސެޕްޓެންބަރު 30 ގެ 15:00 ގެ ކުރިން
|
އިތުރު މަޢުލޫމާތު:
|
- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ:
ފޯނު ނަންބަރު: 6891524 ފެކްސް ނަންބަރު: 6891742
|